ދިވެހިރާއްޖޭގެ ފިޒިކަލް އެކްސްޕޯޓްސްގެ ތެރެއިން 98 އިންސައްތަ އަށްވުރެ ގިނައީ މަސްވެރިކަމުގެ އުފެއްދުންތައް

ހަބަރު

މަސްދަޅު 21 އިންސައްތަ، އަދި ޖުމްލަ ބޭރުކުރި ކަނޑުމަހުގެ އަދަދު 13 އިންސައްތަ އިތުރުވެއްޖެ

ރާނިއާ - އައްޑޫ އަތޮޅު | 10 ނޮވެންބަރު 2022 , ބުރާސްފަތި 08:50   269

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓް ކޮށްފައިވާ އަދަދުވަނީ މިއަހަރު، މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ.

އެމްއެމްއޭއިން ކޮންމެ މަހަކު ތަފާސްހިބުގެ [ސްޓެޓިސްޓިކަލް] ރިޕޯޓެއް ނެރެއެވެ. އަދި ސެޕްޓެމްބަރު މަހު ނެރެފައިވާ ކިއު-2 2022 [ދެވަނަ ކުއާޓަރ] ގެ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން 64،375.1 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރުގެ 55،831.5 އާ އަޅާ ބަލާއިރު މިއީ 13.3 އިންސައްތައިގެ އިތުރުވުމެކެވެ.

މިމުއްދަތު ތެރޭގައި ރާއްޖޭގެ އެކްސްޕޯޓްސް އިތުރުވެފާއިވާ މައިގަނޑު ސަބަބަކީ ކަޅުބިލަމަހުގެ އިތުރުން ރީނދޫ އުރަހަ ކަންނެލި ބޭރުކޮށްފައިވާ މިންވަރު އިތުރުވެފާއި ވާތީއެވެ.

ކަޅުބިލަމަހާއި ރީނދޫ އުރަހައަކީ މައިގަނޑު ގޮތެއްގައި ދަޅު މަސް ހެދުމަށް ބޭނުންކުރާ ދެބާވަތުގެ މަހެވެ. އަދި ދުނިޔޭގެ ބާޒާރުގައި ދަޅުމަހުގެ ޑިމާންޑް ބޮޑުވެފާއިވުމާއި އެކު ރާއްޖެއިން މަސްދަޅު ބޭރުކޮށްފައިވާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި ހަމަ އެހެންމެ މިދިޔަ އަހަރު ސެޕްޓެމަބަރުގެ މަހުގެ މިމުއްދަތާއި އަޅާބަލާއިރު މަސް ދަޅު އެކްސްޕޯޓްކޮށްފައިވާ އަދަދު ވެސް ވަނީ 21 އިންސައްތަ އިތުރުވެފައެވެ.

އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގައި މަސް ކުންފުނިތަކުން މަސް ގަނެފާއިވާ އަދަދުވެސް ވަނީ އިތުރުވެފާއި ކަމަށް ފާހަގަވެއެވެ. ކަޅުބިލިމަހުގެ އަގު ކިލޯއެއް 14 ރުފިޔާއިން 15 ރުފިޔާއަށް އިތުރުވެފާއި ވާއިރު ރީނދޫ އުރަހަ ކަންނެލީގެ އަގު ވަނީ ކިލޯއެއް 87.4 ރުފިޔާއިން 70.9 ރުފިޔާއަށް ދަށްވެފައެވެ.

ދިވެހި މަސްވެރިން ދޯނިފަހަރުގައި އައިސްޕްލާންޓް ބަހައްޓާ ޢަދަދު ގިނަވެ، މިއަހަރަކީ ރިކޯޑް އަދަދަކަށް ރާއްޖޭގެ އުޅަނދުފަހަރުން މަސް ބާނާފައިވާ އަހަރެކެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.