އިންޑިގޯއަކީ އިންޑިއާގެ އަގުހެޔޮ އެޔާލައިނެއް

ވިޔަފާރި

އިންޑިގޯގެ 30 ބޯޓެއް ގްރައުންޑްކޮށްފި

ރާނިއާ - އިންޑިއާ | 10 ނޮވެންބަރު 2022 , ބުރާސްފަތި 15:50   209

ސަޕްލައި ޗޭން މެދުކެނޑިފައިިވުމުގެ ސަބަބުން 30 ވަރަކަށް މަތިންދާބޯޓު ގްރައުންޑް ކޮށްފައިވާކަމަށް އިންޑިގޯއިން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ އެންމެ ބޮޑު އެއާލައިނުން ދަނީ އޮޕަރޭޝަންތައް ކުރިއެރުވުމަށް ބޯޓުތައް ވެޓް ލީސްކުރުމާއި އެހެނިހެން ގޮތްތައް އިވެލުއޭޓް ކުރަމުންނެ ކަމަށްވެސް އިންޑިގޯއިން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު މަސް ނިމުނުއިރު އެ ކެރިއާގެ ފްލީޓުގައި 279 މަތިންދާބޯޓު ހިމެނެއެވެ. ދުވާލަކު 1،600 އަށް ވުރެ ގިނަ ފްލައިޓް އިންޑިގޯ އެއާލއިންއިން، މިހާރު 100 ގައުމަކަށް ދަތުރުކުރާއިރު، އޭގެ ތެރޭގައި ބައިނަލްއަގްވާމީ 26 ގައުމުވެސް ހިމެނެއެވެ.

އެ ކެރިއަރުގެ ޑޮމެސްޓިކް މާކެޓް ހިއްސާއަކީ 57 އިންސައްތައަށް ވުރެ ގިނަ ހިއްސާއެވެ. ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ ކެރިއާތަކުގެ 75 އަށް ވުރެ ގިނަ ބޯޓު މިވަގުތު ގްރައުންޑް ކޮށްފައި ވަނީ މެއިންޓެނަންސް އާއި އިންޖީނާ ގުޅުން ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް އޭވިއޭޝަން ކޮންސަލްޓެންސީ ކުންފުނި ކެޕާ އިން ބުންޏެވެ.

އިންޑިއާގެ ފްލީޓްގެ ގާތްގަނޑަކަށް 10-12 އިންސައްތަކަމަށްވާ މި ބޯޓުތައް ގްރައުންޑް ކްށްފައިވަނީ މެއިންޓެނަންސް ނުވަތަ އިންޖީނާ ގުޅުން ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ.

އަދި މިކަމުގެ ސަބަބުން ދެވަނަ ހާފުގައި މާލީ ހާލަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ކެޕާއިން ވަނީ އިންޑިއާ މީޑް އިޔާ އައުޓްލޫކް 2023 ގައި ބުނެފައެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.