ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމެސިންހެ، މިޞްރުގެ ޝަރްމް އެލްޝެއިހުގައި، ކޮޕް-27 ގެ މޫސުމީ ސަމިޓުތެރެއިން ވާހަކަފުޅު ދައްކަވަނީ

ހަބަރު

"އިންޓަނޭޝަނަލް ކްލައިމެޓް-ޗޭންޖް ޔުނިވާސިޓީ" ގާއިމްކޮށް ރާއްޖޭގައި ގޮތްޕެއް ޤާއިމްކުރުމަށް ރާނިލް ހުށަހަޅުއްވައިފި

ރާނިއާ - އައްޑޫ އަތޮޅު | 10 ނޮވެންބަރު 2022 , ބުރާސްފަތި 08:44   286

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމެސިންހެ ވަނީ ލަންކާގައި އިންޓަނޭޝަނަލް ކްލައިމެޓް ޗޭންޖް ޔުނިވާސިޓީއެއް ގާއިމްކޮށް، ރާއްޖޭގައި އެންސިލަރީ އިންސްޓިޓިއުޝަނެއް ގާއިމް ކުރުމަށް އަންގާރަ ދުވަހު ކޮޕް-27 ސަމިޓުގައި ވާހަކަދައްކަމުން ހުށަހަޅުއްވައިފިއެވެ. އަދި ހަމަ އެހެންމެ މޫސުމާބެހޭ ފިޔަވަޅުތަކުގެ ޕްލޭންތައް ތަންފީޒުކުރުމަށް އޮތް 'އެންމެ ބޮޑު ހުރަހެއް' ގެ ގޮތުގައި 'ކެޕޭސިޓީ ނެތުން' އެބައޮތް ވެސް އެބޭފުޅާވަނީ އިޝާރާތްކުރައްވާފައެވެ.

ޖަޒީރާ ޤައުމުތައް ކަމަށްވާ ލަންކާ އަދި ދިވެހިރާއްޖެ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ވަކިން ބޮޑަށް ގެއްލުންވާ ޤައުމުތަކެއް ކަމަށް، ތަކުރާރުކޮށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

"ސައިންސްވެރިންނާއި، ތިމާވެށީގެ މާހިރުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ތަރައްޤީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް، މި އިންސްޓިޓިއުޝަން އަކީ ފެހި އަދި ނޫ ދިރާސާތަކަށް ޓްރާންސް-ޑިސިޕްލިނަރީ ގްލޯބަލް ސެންޓަރަކަށް ވާނެ"، ކޮޕް-27 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރާނިލް ވަނީ ބުނެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އަސްލު ސަބަބަކީ "ތަރައްގީވެފައިވާ ގައުމުތަކުން ހިފެހެއްޓުމެނެތި ސިނާއީ އުފެއްދުންތައް އުފައްދާތީ" ކަމަށް ބުނެ، އޭގެ ނަތީޖާ ފަގީރުންނަށް ތަހައްމަލު ކުރަން ޖެހޭ ކަމަށް ރާނިލް ވަނީ ބުނުއްވިއެވެ.

އަދި ގްލޯބަލް ސައުތުގެ ފަރާތުން އިލްތިމާސް ކުރައްވަމުން އޭނާ ވިދާޅުވީ ފަގީރު ގައުމުތަކަށް ކުރިމަތިވެފައި ވަނީ "ދެގުނަ ނުރައްކާ" ކަމަށާއި - އިގްތިސާދީ ގޮތުން ތަރައްގީވާން އުނދަގޫވާއިރު، އެގައުމުތަކުގެ ދިރިއުޅުމުގެ ފެންވަރު ވެސް ނަގަހައްޓަން ޖެހޭކަމަށް ރާނިލް ވިދާޅުވިއެވެ.

ޓެގްސް: ސްރީލަންކާ މޫސުމަށް އަން ބަދަލުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.