އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު، އެމްއެންޔޫގެ ޖޮބްފެއަރގެ ތެރެެއިން، އަރިހުގައި އެމްއެންޔޫ ހިތަދޫ ކެމްޕަސް މެނޭޖަރ އިދުހާމް ފަހުމީ

ހަބަރު

އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ "ޖޮބް ފެސްޓިވަލް" މޭޔަރ ނިޒާރު ފައްޓަވައިދެއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 ނޮވެންބަރު 2022 , ބުދަ 19:54   563

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ހިންގަވާ ކެމްޕަހުގެ ފަރާތުން ބާއްވާ "ޖޮބް ފެސްޓިވަލް" މިއަދު ހަވީރު ފެށިއްޖެއެވެ.

މިފެސްޓިވަލް ޝަރަފްވެރިކޮށް ފައްޓަވައިދެއްވީ، އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރުއެވެ. މިކަމަށްޓަކައި ބޭއްވުނު ޙަފްލާ އޮތީ އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ގޯތިތެރޭގައެވެ. ރަސްމިއްޔާތަށްފަހު މޭޔާރ ނިޒާރު ވަނީ އެކިއެކި ސްޓޯލްތަކަށް ވަޑައިގެން ބައެއް މަޢްލޫމާތު އޮޅުން ފިލުއްވާފައެވެ.

އޭގެފަހުގައި އެކްސްޕްރެސް ނިއުސް އާއި ވާހަކަފުޅު ދައްކަވަމުން، މޭޔާރ ޢަލީ ނިޒާރު ވިދާޅުވީ މިފަދަ ފެސްޓިވަލްތަކަކީ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ފެއާތަކެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. ވުމާއިއެކު ވީހާވެސް ގިނަ ދަރިވަރުން މިފެސްޓިވަލަށް ޒިޔާރަތްކޮށް، މުސްތަޤްބަލުގައި އައްޑޫސިޓީގައި އަދާކުރަންހުރި ވަޒީފާގެ ފުރުޞަތުކާއި ގުޅޭ އެންމެހާ މަޢްލޫމާތު އޮޅުންފިލުވުމަށް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު މިތާހުރި ހުރިހާ ސްޓޯލަކަށް ޒިޔާރަތްކޮށްފިން. ވަޒީފާގެ ފުރުޞަތުހުރިކަން ބައެއް ސްތޯލްތަކުން ފާހަގަކުރޭ. އަޅުގަނޑަށް ޒިޔާރަތް ކުރެވުނު ތަންތަނުގެ ތެރޭގައި، ކަސްޓަމްސް، ޕޯޓްސް، ވެމްކޯ، އަދި ފެނަކަ ތަންތަނުގެ ޚިދުމަތްތައް ވެސް ފުޅާވަމުން މިދަނީ. އެއާއެކު މިބަލަނީ އިތުރު ވަޒީފާތައް ވެސް އުފެދިގެންދާނެކަމަށް" ނިޒާރު ވިދާޅުވިއެވެ.

ފެސްޓިވަލާއި ގުޅޭގޮތުން މަޢްލޫމާތު ދެއްވަމުން ހިތަދޫ ކެމްޕަހުގެ މެނޭޖަރ އިދުހާމް ފަހުމީ ވިދާޅުވީ، މި ފެސްޓިވަލް އޮންނާނީ މިއަދާއި މާދާމާގެ ހަވީރު 4 އިން ރޭގަނޑު 10 އަށް ކަމަށެވެ.

މިއަދު ބޭއްވިގެން މިދާ ފެސްޓިވަލުގެތެރެއިން 12 އިންސްޓިޓިއުޝަނަކުން އެބަ ބައިވެރިވޭ، ސަރުކާރުގެ އިދާރާތައް ވެސް ހިމެނޭގޮތަށް. މިފެސްޓިވަލުގައި ބައެއްކުދިންނަށް ވަޒީފާ ލިބިގެންދާނެކަމަށް ވެސް އަޅުގަނޑަށް މަޢްލޫމާތު ލިބުނު. ވޯކް-އިން އިންޓަވިއުތަކާއި މަޢްލޫމާތު އެރުވުމުގެ އެކި ސެޝަންތައް މިބޭފުޅުން ކުރިއަށް ގެންދަވާނެ.

~ އިދުހާމް ފަހުމީ، އެމްއެންޔޫ ހިތަދޫ ކެމްޕަސް މެނޭޖަރ

އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު އެކްސްޕްރެސް ނިއުސް އާއިއެކު

އިވެންޓާއި ގުޅޭ ބައެއް ފޮޓޯތައް

ޓެގްސް: އެމްއެންޔޫ ހިތަދޫ ކެމްފަސް އެމްއެންޔޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.