މިޙާދިޠާ ހިނގާފައިވަނީ މާފަންނުގައި ހުރި ގަރާޖެއްގައި

ހަބަރު

މާލޭގައި އަލިފާނުގެ ޙާދިޠާއެއް ހިނގައި 11 ބިދޭސީއަކު މަރުވެ، 21 މީހަކު ވަޤުތީ ހިޔާތަކަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 ނޮވެންބަރު 2022 , ބުރާސްފަތި 08:11   255

ރޭ މާލޭ-މާފަންނު މާވެޔޮމަގުގައި، ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިޠާއެއްގައި މަރުވި މީހުންގެ ޢަދަދު 11 އަކަށް އަރައި އިތުރު 21 މީހަކު ވަޤުތީ ހިޔާތަކަށް ގެންދެވިއްޖެއެވެ.

މިކަން ހިނގަން މެދުވެރިވީ، ޢިމާރާތުގެ ތިރީގައި ހުރި ގަރާޖުގައި ރޯވެ އަލިފާންގަނޑު ކޮންޓްރޯލްނުވެ މަތީގައިހުރި އެހެން ބައިތަކަށް ފެތުރުމާއި ގުޅިގެންނެވެ. ރޯވި ގަރާޖަކީ ވެހިކަލްތައް މަރާމާތުކުރާ ގަރާޖެކެވެ.

މިޙާދިޠާ ހިނގާފައިވަނީ ރޭ [ބުދަ ދުވަހުގެ] މ. ސެންރޯސް ކިޔާ ގެއެއްގައެއެވެ. މިޙާދިޠާގައި މަރުވެފައިވަނީ މުޅިންވެސް ބިދޭންސީންކަމަށާއި މަރުވި އެންމެންގެ ހަށިތައް ގަލޮޅު ސަހަރާއަށް ގެންދެވިފައިވާކަމަށް މަޢްލޫމާތު ލިބެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ރޯވިތާ ހަތަރު ގަޑިއިރު ފަހުންނެވެ.

މިއީ ފަހުގެ ތާރީޚެއްގައި މިފަދަ ޙާދިޠާއެއްގައި އެންމެ ގިނަ ބަޔަކު މަރުވި ޙާދިޠާއެވެ.

ޓެގްސް: އަލިފާނުގެ ޙާދިޝާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.