އިލޮން މަސްކްވަނީ ޓެސްލާގެ 19.5 މިލިއަން ހިއްސާ ވިއްކާފައި

ވިޔަފާރި

އިލޮން މަސްކް، ކާރު ކުންފުނި ޓެސްލާގެ ޙިއްސާއިން ހަތަރު ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކއިފި

ރާނިއާ - ދުނިޔެ | 12 ނޮވެންބަރު 2022 , ހޮނިހިރު 11:10   187

އިލެކްޓްރިކް ވެހިކަލް އުފައްފާ ކުންފުނީގެ ބާނީ އަދި ޗީފް އެގްޒެކެޓިވް، އިލޮން މަސްކް ވަނީ ހުކުރު ދުވަހާއި އަންގާރަ ދުވަހާއި ދެމެދު ޓެސްލާގެ 19.5 މިލިއަން ހިއްސާ ވިއްކާފާއި ކަން އެމެރިކާގެ ސެކިއުރިޓީ އެންޑް އެކްސްޗޭންޖް ކޮމިޝަނުން ޝާއިއުކޮށްފައިވާ ފައިލްތަކުން ދައްކައެވެ.

ހިިއްސާތައް ވިއްކާފާއިވާ ސަބަބު ހާމަކޮށްފައި ނުވިކަމުގައި ވިޔަސް، ޓެސްލާގައި މިހާރު މަސްކްގެ ޙިއްސާ' ވަނީ 14 އިންސައްތައިގައި ކަން ރޮއިޓާސް ނޫސް އޭޖެންސީ އިން ވަނީ ބުނެފައެވެ.

ޓެސްލާގެ ސްޓޮކްގެ އަގު މިއަހަރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަށަށް ގޮސްފައިވެއެވެ.

މިއީ، ޓްވިޓާ ގަތުމަށް 44 ބިލިއަން ޑޮލަރުގެ ފައިސާ ހޯދުމަށް މަސްކް އަމިއްލައަށް ކުރި ސިލްސިލާ ވިޔަފާރިތަކަކުގެ ނަތީޖާއެވެ. އަދި ހަމައެހެންމެ، ޓެސްލާ/ޓްވިޓާ/ސްޕޭސް އެކްސް ކުންފުނިތަކުގެ ވެރިޔާ އޭނާގެ ވަގުތު ބަހަން ޖެހޭ ބައިތަށް ގިނަ ވުމަކީ ޓެސްލާއަށް އޮތް ފޯކަސް ގެއްލިގެންދާނެ ކަމެއް ކަމަށް ގިނަ ހިއްސާދަރުން ގަބޫލުކުރެއެވެ.

ޓެސްލާގެ ސްޓޮކް ވިއްކާލީ ކީއްވެގެން ކަމެއް މާސްކް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓެގްސް: ސޯޝަލްމީޑިއާ ޓެސްލާ އިލެކްޓްރިކް ކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.