ރައީސް ޒެލެންސްކީ ހޮލީވުޑްގެ ތަރި ޝޯން ޕެން އާއި ބައްދަލުކުރައްވަނީ

ދުނިޔެ

ޝޯން އޭނާގެ އޮސްކާ އެވޯޑެއް ޒެލެންސްކީ އަށް ހަދިޔާކޮށްފި

ރާނިއާ - ދުނިޔެ | 12 ނޮވެންބަރު 2022 , ހޮނިހިރު 22:09   268

ޝޯން ޕެން ވަނީ އޭނާގެ އޮސްކާތަކުގެ ތެރެއިން އެއް އޮސްކާ އެވޯޑް ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއަށް ދީފައެވެ. މިއީ ޔޫކްރޭއިންއާއި ރަޝިޔާގާއި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުން ހޯދި ކާމިޔާބީއަށް ތާއީދުކުރާ ކަމުގެ ނިޝާނެއްގެ ގޮތުގައި ކޮށފައިވާ ކަމެކެވެ.

2004 ވަނަ އަހަރާއި 2009 ވަނަ އަހަރު ޕެން ހޯދި އެންމެ މޮޅު އެކްޓަރުގެ ދެ ތަށިތަކުގެ ތެރެއިން އެއް ތަށި ކަމަށްވާ މި އެވޯޑު ހަނގުރާމަ ނިމެންދެން ޔޫކްރޭނުގައި ހުންނާނެއެވެ.

މި ޕްރެޒެންޓޭޝަން ހިނގާފައިވަނީ ހަނގުރާމަ ފެށުނު ފަހުން ޕެން ޔޫކްރޭންއަށް ކުރެއްވި ތިންވަނަ ދަތުރުގައެވެ.

އަދި ހަމަ އެހެންމެ ޒެލެންސްކީ ވަނީ މިބައްދަލުވުމުގާއި ފެންއަށް ތިންވަނަ ޑިގްރީގެ އޯޑަރ އޮފް މެރިޓް ދީފައެވެ. މިއީ ހަނގުރާމާއިގަ ޕެން ކޮށްދީފާއިވާ އެހީތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ޒެލންސްކީ އަދި ޔޫކްރޭންގެ ފަރާތުން ދިން ހަދިޔާއެކެވެ.

އަދި ހަމަ އެހެންމެ ވޯލް އޮފް ދަ ބްރޭވްގެ ނަންދެވިފައިވާ ގަލެއްގެ މަތީގައި ފެން ގެ ނަން ޖެހުމަކީ ވެސް ޕެންއަށް ލިބިފާއިވާ ބޮޑު ޝަރަފެކެވެ. މި ފާރަކީ 'ޔޫކްރޭން އާއި އެކު ފެށުނީއްސުރެ ތބި މީހުން' ގެ ޝަރަފުގާއި ހަދާފައިވާ ފާރެކެވެ.

މާޗް މަހު ޕެން ޔޫކްރޭނުން ފިލައިގެން ގޮސްފާއިވަނީ އެ ހަމަނުޖެހުންތަކާ ބެހޭ ޑޮކިއުމެންޓްރީއެއް ޝޫޓް ކުރަމުން ދަނިކޮށެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.