ވޭތުވެދިޔަ އަހަރަކީ ޗައިނާއަށް ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެންމެ އަހަރު

ވިޔަފާރި

ފޯބްސް ލިސްޓުގައި ހިމެނޭ ޗައިނާގެ އެންމެ މުއްސަނދި 100 މީހުންގެ މިލްކިއްޔާތު 39 އިންސައްތައަށް ދަށަށް ގޮސްފި

ރާނިއާ - އޭޝިއާ | 12 ނޮވެންބަރު 2022 , ހޮނިހިރު 14:25   330

2022 ވަނަ އަހަރު ފޯބްސް އިން ނެރެފައިވާ ޗައިނާގެ އެންމެ މުއްސަނދި 100 މީހުންގެ ލިސްޓުގައި ހިމެނޭ މުއްސަނދިންގެ ޖުމްލަ ނެޓްވޯތު (މުއްސަނދިކަމުގެ މިންވަރު) ވަނީ 39 އިންސައްތަ ދަށްވެފައެވެ. މިއީ މީގެ ވިހި އަހަރަށް ވުރެ ގިނަ އަހަރު ކުރިން ފޯބްސް އިން އެގައުމުގެ އެންމެ މުއްސަނދި މީހުން ޓްރެކް ކުރަން ފެށި ފަހުން މުއްސަނދިކަން އެންމެ ބޮޑަށް ދަށްވެފައިވާ އަހަރެވެ.

ލިސްޓުގައި ހިމެނޭ 100 ނަމުގެ ތެރެއިން 79 ނަމެއް ދަށަށް ގޮސްފައިވާއިރު، 12 ނަމަކީ އެނބުރި ލިސްްޓަށް އަރާފައިވާ ނަންތަކެވެ. ހަމަ އެހެންމެ ހަތަރު ނަމަކީ މުއްސަނދިކަން ބަހާފައިވާ ނަންތަކަށް ވާއިރު، ތިން ނަމަކީ އަލަށް ލިސްޓަށް އަރާފައިވާ ނަންތަކެއް އަދި އިތުރަށް މުއްސަނދި ވެފައިވަނީ އެންމެ ދެ ނަމެކެވެ.

މުއްސަނދިކަން ދަށްވީ ޓެކް ދުނިޔޭގައި ލިބިފައިވާ ގެއްލުންތަކާއި، ކޯވިޑް ޒީރޯ ސިޔާސަތުތަކާއި، އިގްތިސާދީ ކުރިއެރުން މަޑުޖެހުމާއި، އޮކްޓޯބަރު މަހު ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްއަށް ފަހު ސިޔާސީ ކަންބޮޑުވުންތަކާއި، ފާއިތުވި އަހަރު އެމެރިކާ ޑޮލަރާ އަޅާބަލާއިރު ޔުއާންގެ އަގު 12 އިންސައްތައަށް ވުރެ ދަށްވެފާއި ވާތީއެވެ.

މިއަހަރުވެސް އެންމެ މުއްސަނދި ވިޔަފާރިވެރިޔަކީ ޗައިނާގެ ލީޑިން ފެން ސަޕްލައި ކުރާ ކުންފުނި ނޮންގްފޫ ސްޕްރިންގްސްގެ ޗެއާމަންއެވެ. ކޮވިޑް-ޓެސްޓް ސަޕްލައި ކުރާ ބެއިޖިން ވަންޓައި ބަޔޮލޮޖިކަލް ފާމަސީއަށް ކުރި ވިސްނުންތޫނު އިންވެސްޓްމަންޓާއި، ޟަރޫރަތެއް ކަމުގައިވާ ބޯފެނުގެ ފޯރުކޮށްދިނުމުން ޖޮންގްއަށް މާ ބޮޑު ގެއްލުުމެއް ވެފައެއް ނުވެއެވެ.

މިއަހަރުގެ ލިސްޓަށް އަލަށް ތައާރަފްވވެފާއިވާ ތިން ނަމުގެ ތެރޭގައި އޮންލައިން 'ފާސްޓް ފެޝަން' ސަޕްލައި ކުރާ ކުންފުނި ޝެއިންގެ ބާނީ ކްރިސް ޝޫ ވެސް ހިމެނެއެވެ.

ޗައިނާގެ އެންމެ މުއްސަނދިންގެ މި ލިސްޓް އެކުލަވާލާފައިވަނީ އާއިލާތަކާއި ފަރުދުންގެ ފަރާތުން ލިބުނު ހިއްސާއާއި މާލީ މައުލޫމާތާއި، ސްޓޮކް އެކްސްޗޭންޖްތަކާއި، އެނަލިސްޓްތަކާއިއި، އަމިއްލަ ޑޭޓާބޭސްތަކާއި، އެހެނިހެން މަސްދަރުތަގެ ބޭނުން ހިފާއިގެންނެވެ.

ޓެގްސް: ޗައިނާ ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.