މިސްރު ސަރުކާރުގެ މޯބައިލް އެޕް އާއި ގުޅިގެން ސަލާމަތީ އޮފިޝަލުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން.

ޓެކްނޯލޮޖީ

މިސްރުގެ ކޮޕް-27 ސަމިޓް އެޕަކީ ސައިބަރ ހަތިޔާރެއް ކަމަށް ތަޖުރިބާކާރުން އިންޒާރު ދީފި

ރާނިއާ - ދުނިޔެ | 13 ނޮވެންބަރު 2022 , އާދީއްތަ 11:46   237

ހުޅަނގުގެ ސެކިއުރިޓީ އެޑްވައިޒަރުން ދަނީ ކޮޕް-27 ކްލައިމެޓް ސަމިޓުގައި ބައިވެރިވާ މަންދޫބުންނަށް، ސަބިޓް ބާއްވާ ޤައުމު، މިސްރު ސަރުކާރުގެ ރަސްމީ ސްމާޓްފޯން އެޕް ޑައުންލޯޑް ނުކުރުމަށް އިންޒާރު ދެމުންނެވެ. މިއީ މި އެޕް ބޭނުންކޮށްގެން އެމީހުންގެ އީމެއިލްތަކާއި، މެސެޖުތަކާއި، ފޯނުން ދައްކާވާހަކަ ހެކް ކުރެވޭ ކަމުގެ ބިރު އޮތުމުގެ ސަބަބުންނެވެ.

ޖަރުމަނު، ފްރާންސް އަދި ކެނެޑާގެ ޕޮލިސީ ހަދާމީހުން މި އެޕް ޑައުންލޯޑް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭކަމަށް އދ ގެ މޫސުމާ ބެހޭ ސަމިޓުގައި މި ވަފުދުތަކުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކާ ބެހޭ ގޮތުން މައުލޫމާތު ލިބިފައިވާ ދެ ހުޅަނގުގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ހުޅަނގުގެ އެހެން ސަރުކާރުތަކުން އެޕް ޑައުންލޯޑް ނުކުރުމަށް އޮފިޝަލުންނަށް ލަފާދީފައިވާ ކަމަށް ޔޫރަޕްގެ ސަރުކާރެއްގެ އިތުރު އޮފިޝަލަކުވެސް ވަނީ ވިދާޅުވެފައެވެ. ބައިނަލްއަޤްވާމީ ސަރުކާރުގެ މަޝްވަރާތަކާ ބެހޭގޮތުން އެ ހުރިހާ އޮފިޝަލުން ވެސް ވާހަކަ ދައްކަވާފއިވަނީ ނަން ނުޖެހުމަށް ޝަރުތުކޮށްފައެވެ.

މި އެޕް ޕްރޮމޯޓް ކުރަމުން އަންނަނީ އިވެންޓްގައި ބައިވެރިވާ ފަރާތްތަކަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައެވެ. ނަމަވެސް މި އެޕް ބޭނުންކޮށްގެންމިސްރު ސަރުކާރަށް ޔޫޒަރުންގެ އީމެއިލްތަކާއި މެސެޖުތައް ކިޔުމުގެ ހުއްދަ ދިނުމުގެ ނުރައްކާ އެބައޮތެވެ. ޕޮލިޓިކޯގެ އެޕްލިކޭޝަން ޓެކްނިކަލް ރިވިއު، އަދި ބޭރުގެ މާހިރުންގެ ތެރެއިން ދެ ތަޖުރިބާކާރުން ބުނާގޮތުގާއި ވަޓްސްއެޕް ފަދަ އެންކްރިޕްޓް ސާވިސް މެދުވެރިކޮށް ހިއްސާކުރާ މެސެޖުތައް ވެސް ހެކްވާނެކަމަށެވެ.

އަދި އެ އެޕް އުފެއްދި މިސްރުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއަށް މީހުންގެ ޑިވައިސްތައް ސްކޭން ކުރުމުގެ ގާބިލްކަން ވެސް އެ އެޕްގެ ސަބަބުން ލިބިގެންދެއެވެ.

"މި އެޕަކީ ސައިބާ ހަތިޔާރެއް" ކޮޕްގާއި ބައިވެރިވަމުންދާ އެކުގާއި މަސައްކަތް ކުރާ މީހުން ހިމާޔަތް ކުރުމުގެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ސެކިއުރިޓީ މާހިރަކު އެކަން މުރާޖައާ ކުރުމަށް ފަހު ވަނީ ބުނެފައެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.