ފީފާ ވޯލްޑް ކަޕަކީ ފީފާގެ މެމްބަރު ޖަމިއްޔާތަކުގެ ސީނިއާ ގައުމީ ޓީމުތަކުން ވާދަކުރާ 4 އަހަރުން 1 އަހަރު އިންޓަނޭޝަނަލް ފިރިހެން ފުޓްބޯޅަ ޗެމްޕިއަންޝިޕެއް

ކުޅިވަރު

ވޯލްޑްކަޕް :އަނިޔާގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިންނަކީ ކޮބާ؟

ރާނިއާ - ދުނިޔެ | 13 ނޮވެންބަރު 2022 , އާދީއްތަ 11:01   137

ތިރީގައި މިވަނީ އަނިޔާގެ ސަބަބުން ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އާއި ދެމެދު ވޯލްޑް ކަޕަށް ކުޅެން އެކަށީގެންނުވާ ބައެއް މަޝްހޫރު ކުޅުންތެރިންގެ ލިސްޓެވެ.

ޕޯލް ޕޮގްބާ (ފްރާންސް)

ޕްރީ ސީޒަންގައި ކަކުލަށް އަނިޔާވެ ޕޮގްބާ ވަނީ ސެޕްޓެމްބަރު މަހު އޮޕަރޭޝަންކޮށް ހަލާކުވެފައިވާ މެނިސްކަސް މަރާމާތުކޮށްފައެވެ.

އުމުރުން 29 އަހަރުގެ ޕޮގްބާ އަލުން ފަރިތަކުރުންތައް ފެށި ނަމަވެސް އޮކްޓޯބަރު 31 ވަނަ ދުވަހު އޭނާގެ އޭޖެންޓް ބުނީ ވޯލްޑް ކަޕްގެ ކުރިން ޔުވެންޓަސް އަށް ވެސް އަދި ދުނިޔޭގެ ޗެމްޕިއަން ޓީމަށް ވެސް މިޑްފީލްޑަރު އެނބުރި ކުޅުމަކަށް ނާންނާނެ ކަމަށެވެ.

އެންގޮލޯ ކާންޓޭ (ފްރާންސް)

ޗެލްސީގެ މިޑްފީލްޑަރަށް ރިހެބިލިޓޭޝަންގައި ނާކާމިޔާބީ ކުރިމަތިވެފާއި ވަނީ ހޭމްސްޓްރިންގްއަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން މި ސީޒަނުގައި ދެ މެޗު ކުޅެން ޖެހުމުންނެވެ. އަދި ހަމައެހެންމެ ސާޖަރީ ހެދުމަށްފަހު ހަތަރު މަސް ދުވަހުގެ މުއްދަތަކަށް އެންގޮލޯ ކުޅުމާއި ދުރުގާއި ހުރުމަށް ވެސް މަޖުބޫރުވެގެންދެއެވެ

ރީސް ޖޭމްސް (އިންގްލޭންޑް)

އުމުރުން 22 އަހަރުގެ ރައިޓް ބެކްގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ޗެލްސީއިން ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އަދި އިނގިރޭސިވިލާތުގެ ޓީމުން ޖޭމްސް ފެނިގެން ނުދާނެ ކަމަށް އިނގިރޭސިވިލާތު ޓީމުގެ ފުޓްބޯޅަ މެނޭޖާ ގެރެތު ސައުތުގޭޓް ވަނީ ބުނެފައެވެ.

ތިރީގައި މިދަންނަވާ ކުޅުންތެރިންނަކީ އަނިޔާވެފާއި ތިބި ނަމަވެސް ރަނގަޅުވެ ސެލެކްޝަނަަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުން އަންނަ މީހުންނެވެ.

ސާޑިއޯ މާނޭ (ސެނެގަލް)

ސެނެގަލް ޓީމުގެ ފޯވާޑު ވަނީ އޭނާގެ ކަނާތު ފިބިއުލާއަށް ލިބިފާއިވާ އަނިޔާތަކާއި ގުޅިގެން ބަޔާން މިއުނިކް ވޯލްޑް ކަޕްގެ އެންމެ ފަހު ބަންޑަސްލީގާ މެޗު އަދި ވޯލްޑް ކަޕް މުބާރާތުގާއި ސާޑިއޯގެ ބައިވެރިވުމާއި މެދު ވަނީ ޝައްކު އުފެދިފައެެވެ.

އަންހަލް ދި މަރިއްޔާ (އާޖެންޓީނާ)

ޔުވެންޓަސްގެ ވިންގާ ކަނާތު ހޭމްސްޓްރިންގްއަށް ލިބިފާއިވާ އަނިޔާތަކާއި ގުޅިގެން ނޮވެމްބަރު މަހުގެ ކުރީކޮޅާއި ހަމައަށް ނުކުޅެވޭނެ ކަމަށާއި، އަދި މިއަނިޔާތައް ރަނގަޅުވާން ތިން ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށްވެސް ޔުވެންޓަސް އިން ވަނީ ބުނެފައެވެ.

ކައިލީ ވޯކާ (އިންގްލެންޑް)

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ވަނީ އޮކްޓޯބަރު މަހު ކުރީކޮޅު ކާމިޔާބު ލިބިފާއިވާ ގްރޮއިން ސާޖަރީއަށް ފަހު، އުމުރުން 32 އަހަރުގެ ކައިލީ ބުނީ ގަތަރަށް ކުރާ ދަތުރުގެ ކުރިން އެއްކޮށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޓެގްސް: ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.