ހިތަދޫ ޕޮލިސް ސްޓޭޝަން

ހަބަރު

ޓެރަރިޒަމްއާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 12 ނޮވެންބަރު 2022 , ހޮނިހިރު 15:20   476

ޓެރަރިޒަމް އާއި ދެކޮޅަށް ހިންގޭ އޮޕްރޭޝަނެއްގައި އައްޑޫ އާއި މާލޭގައި ކުރިއަށް އެބަދެއެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.

ފުލުހުން ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ހައްޔަރު ކުރެވިފައިވާ މީހުންގެ މަޢްލޫމާތު މިއަދު މެންދުރުފަހުން ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިއޮޕަރޭޝަނާއި ބެހޭ ގޮތުން މާ ބޮޑު އިތުރު ތަފްޞީލެއް ދެއްވާފައި ނުވެއެވެ.

ފުލުހުން ބުނެފައިވަނީ 13 މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ. މީގެ ތެރޭގައި އައްޑޫ ސިޓީގެ 9 މީހަކާއި ކ.ގުރައިދޫ އިން 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އިއްޔެ އައްޑޫ ހިތަދޫ މެދުވަލު ހިސާބުގާއި ހުރި ގެއެއްގެ އިތުރުން މަރަދޫ ފޭދޫ ގެއެއް ވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ. އަދި ހިތަދޫގާއި ހުރި ގެ ފާސްކޮށްފައިވަނީ ބޮމުގެ އިންޒާރަކާއި ގުޅިގެން ކަމަށްވީއިރު، މަރަދޫ ފޭދޫ ގެ ފާސްކޮށްފާއި ވަނީ ކޮން ކަމަކާއި ގުޅިގެން ކަމަށް ސާފެއްނޫނެވެ.

ހިތަދޫގައި ހުރި ގެއަކީ މީގެ ކުރިންވެސް ހަރުކަށި ފިކުރުގެ މައްސަލައަކާއި ގުޅިގެން ފާސްކޮށްފައިވާ ގެއެކެވެ. އަދި މިމައްސަލައާއި ގުޅިގެން ހަރުކަށި ފިކުރުގެ ގިނަ ބަޔަކު ވަނީ ރޭގެ ވަގުތެއްގާއި ހައްޔަރުކޮށްފަ ކަމަށް ފުލުހުންގެ އިދާރާއިން ވެސް ވަނީ ބުނެފައެވެ.

އައްޑޫގައި ސިޓީ ކައުންސިލް އަދި އެހެނިހެން ބައެއް ޢިމާރާތްތަކުގައި ވެސް "އިންޑިއާ އައުޓު" ޖަހާފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ނަމަވެސް، މިކަމާއި ހައްޔަރުކުރެވިފައިވާ މީހުންނާއި ގުޅުމެއް ނުވާކަމަށް މަޢްލޫމާތު ލިބެއެވެ.

ޓެގްސް: ކުށްކުރުން ޕޮލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.