އެމްއޭސީއެލް 6 ވަނަ އައްޑޫ ސިޓީ އިންޓަރސްކޫލް ފެތުމުގެ މުބާރާތް އަދި 5 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ގެ ވަނަދިނުމުގެ ޙަފްލާ ބާއްވައިފިއެވެ.
މި މުބާރާތަކީ، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިދޔަމަހުގެ 3 އިން 8 އަށެވެ. ތަފާތު ސަބަބުތަކާއި ހެދި އިނާމް ދިނުމުގެ ޙަފްލާ ލަސްވެފައިވާކަމަށް މީގެކުރިން އެސޯސިއޭޝަނުން މަޢްލޫމާތު ދެއްވާފައިވެއެވެ.
އިނާމް ދިނުމުގެ ޙަފްލާ ބާއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ، ހިތަދޫ ސްކޫލްގައި ހުކުރު ދުވަހުގެ ރެއެވެ.
ޖޫނިއާ ކެޓަގަރީ
- ހިތަދޫ ސްކޫލް (855)
- ޝަރަފުއްދީން ސްކޫލް (335)
- ފޭދޫ ސްކޫލް (110)
ސީނިއާ ކެޓަގަރީ
- ހިތަދޫ ސްކޫލް (590)
- ޝަރަފުއްދީން ސްކޫލް (480)
- އައްޑޫ ހައި ސްކޫލް (295)
