ލޯބީގެ ވާހަކަ، ތިޔޭ މިހިތުގެ ވިންދަކީ

މުނިފޫހިފިލުވުން

ލަވް ސްޓޯރީ : ތިޔޭ މިހިތުގެ ވިންދަކީ...(2)

އަލްމާ - އެހެނިހެން | 19 ނޮވެންބަރު 2022 , ހޮނިހިރު 19:24   258

6 އަހަރު ފަސް

6 އަހަރު ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއަދަކީ އަހަރެން ޑޮކްޓަރީ ކަމުގެ ކޯސް ނިންމި ކަމުގެ ސެޓްފިކެޓް ލިބޭ ދުވަހެވެ. ގްރެޖުއޭޓް ވެގެން ރާއްޖޭގައި ތިބި އަހަރެންގެ ލޯބިވާ އާއިލާ އާއި ބައްދަލުވުމުގެ ވަގުތު ދިޔައީ ކުޑަތަންވަމުންނެވެ. އަހަރެންގެ ހިތް ދިޔައީ އަދްޔަން ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އަދްޔަން މަދުމަދުން ނަމަވެސް ވާހަކަދެކެވެއެވެ. ބޭނުނަވާ މިންވަރަށް ވާހަކަ ނުދެއްކެނީ އަހަރެން ގިނަ ވަގުތު ހޭދަކުރަންޖެހުނީ ކޯހުގެ ކަންތައްތައް ކަމުގައި ވެފައި އަހަރެންނަށް ހުސް ވަގުތު ލިބޭ ވަގުތުތައް ގިނަ ފަހަރު ދިމާވެފައިވަނީ އަދްޔަން ވަޒީފާ ގައި އުޅޭ ވަގުތުތަކާއެވެ. އެހެންނަމަވެސް ވާހަކަ ދައްކަން ލިބޭ ވަގުތު ކޮޅު އަހަރެން އެންމެ ރަނގަޅަށް ބޭނުން ކުރަމެވެ. އެ ވަގުތު ކޮޅަކީ ކޯހުގަ އުނދަގޫކަމާއި ބުރަކަން އަދި ވަރުބަލިކަން ހަނދާންނެތި ހިތްހަމަޖެހުންކަން ހިތަށް ވެރިކުރުވާ ވަގުތު ކޮޅެކެވެ.

މަދުންނަމަވެސް ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. އަދްޔަން އަހަރެންނަށް ހަގީގަތުގައި ވެސް އިންތިޒާރު ކުރާނެބާއެވެ. ދެމީހުންގެ ދެމެދުގައި މިއޮތް ދުރުމިން ދެމިން އޮތީ އަހަރަކަށް ދެއަހަރަކަށް ނޫނެވެ. 6 އަހަރަށެވެ. 2190 ދުވަހެވެ. 52560 ގަޑިއިރެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދީމާވެސް ބުނީ އަދްޔަން އަށް އެހާ ގިނަދުވަސް ވަންދެން އިންތިޒާރުގައި ނުހުރެވޭނެކަމެވެ. އަދްޔަން އަށް ކިތައްމެ އިތުބާރެއް ކުރަން ބޭނުންވި ނަމަވެސް އަހަރެންނަކީ ވެސް އިންސާނެކެވެ. ބައެއް ފަހަރު ޝައްކުކުރެވެއެވެ. އަހަރެން ހަ އަހަރު އަދްޔަންގެ އިންތިޒާރުގައި ހުރިނަމަވެސް އަދްޔަން ނުހުރެދާނެތީ ހިތް ބިރުގަންނަނަނީއެވެ. އަހަރެންގެ އެއް ހުވަފެން ހަގީގަތަކަށް ހެދުމަށްފަހު ރާއްޖޭދާއިރު އަހަރެންގެ އަނެއް ހުވަފެން ފުނޑުފުނޑުވެދާނެތީއެވެ. އަހަރެންގެ ހަނދާނުގައި އަދްޔަން އެ ދުވަހު ބުނި ބަސްތައް ލަފްޒުން ލަފްޒަށް ހަނދާން ހުރިނަމަވެސް އަދްޔަން އޭނާގެ ބަސްތައް ހަނދާނުން ފޮހެލާނެކަމުގެ ބިރުހީވަނީއެވެ. އަހަރެންގެ ހިތުގެ ހާލު އަދްޔަން ކައިރީގައި ބުނުމަށް ފަސް ޖެހެނީ ވެސް އެހެންވެއެވެ.

ފުރާ ދުވަސް އައިސް ޖެހިއްޖެއެވެ. އެންމެ ފަހުން އަދްޔަން އަށް މެސެޖެއް ފޮނުވީ ރޭގައެވެ. އެހެންނަަވެސް ރިޕްލައި އެއް ނުދޭހާލު މެސެޖް ޑެލިވާރ އެއްވެސް ނުވެއެވެ. އެހެންނަމަވެސް މީގެ ދެ ގަޑިއިރުކުރިން އަދްޔަން އެފްބީ ޕޯސްޓް އެއް ޝެއާރ ކޮށްފަ އޮއްވާ އަހަރެން ދުށީމެވެ. އިތުރަށް މެސެޖް ކުރާކަށް އަހަރެންގެ ޒަމީރު އަހަރެންނަށް ތަން ނުދިނެވެ. އެންމެ ފަހުން ނިންމީ މާލެގޮސް އޭގެ އަނެއް ދުވަހިވެސް ރިޕްލައި އެއް ނުލިބިއްޖެނަމަ ރާއްޖޭގައި ހުރިކަމުގެ ހަބަރު ދިނުމަށް މެސެޖެއް ކުރާނީއެވެ. މިހުރިހާ އަހަރެއް ވޭތުވެގެން ދިޔައިރު ވެސް އަހަރެންނަކަށް އަދްޔަންގެ މޯބައިލް ނަންބަރެއް ނޭގެއެވެ. ގުޅައިގެން ވެސް ވާޙަކަދެއްކީ އެންމެ ފަހަރަކުއެވެ. އެވެސް މެސެންޖާރ އިންނެވެ.

4 ގަޑިއިރާއި 55 މިނެޓްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އަށް ޖެއްސީ 1130 ވާން އުޅެނިކޮށެވެ. އެއާރޕޯޓުގައި އާއިލާގެ ގިން ބަޔަކު މަރުހަބާ ކިޔުމަށްޓަކައި އެއާރޕޯޓުގައި ތިއްބެވެ. ގެއަށް ދިއުމަށް ކާރަށް އެރިއިރު 1230 ވެއްޖެއެވެ. ވެެފައިވި ވަރުބަލިކަމެއްގެ ބޮޑުކަމުން ގޭގެ ކޮޓަރީގެ ދޮރާށިން ވަދެވުނު ކަން ނޭގި އެދުމައްޗަށް ވެއްޓިގަތީމެވެ. އަދި އިސާހިތަކު ނިދުނެވެ. ހެނދުނު ހޭލެވުނީ ބައްޕަ އައިސް ގޮވާލުމުންނެވެ. އަދި ބޭރަށް ސައިބޯން ދިއުމަށްޓަކައި އަހަރެންގެ އެކުވެރިން ދީމާ ، ނާހީ ، ނިހާ އަދި އައިރާ އަންން ވާހަކަ ބުނެ ތައްޔާރުވާށޭ ބުން ބައްޕަ ބޭރަށް ދިޔައެވެ. އަވަސްއަވަހަށްް ފެންވަރައިގެން ތައްޔާރު ވެލީމެވެ. އަދި ފޯނުނެގީ އަދްޔަންގެ މެސެޖެއް އޮއްތޯ ބެލުމަށެވެ. އެެހެންނަމަވެސް އެކަން ކާމިޔަބު ނުވީ ތިރަށް ފައިބާށޭ ބުނެ އައިރާ ގުޅުމުންނެވެ.

އަހަރުމެނެ އެންމެންވެސް އެއްބަސްވީ "ސިޓީ ގާރޑެން" އަށް ދިއުމަށެވެ. އައިރާގެ ޓްރީޓެކެވެ. އެންމެން ވެސް އޯޑަރު ދިނުމަށްފަހު އެކި އެކި ވާހަކައިގެ ތިއްބައި އަހަރެންގެ ކުރިމަތީގައި ހުރި ދީމާގެ މޫނަށް އަޜާ ފައިބަމުން ދިޔަ ކުލަ ބަދަލުވިއެވެ. އެ މޫނުމަތީގައި ހުރި ހިނިތުންވުން ފަޑުވެ މޫނުމައްޗަށް ހާސްކަންވެރިވިއެވެ. އެއްފަހަރު ރެސްޓޯރެންޓްގެ ދޮރާށްޓަށް އަނެއް ފަހަރު އަހަރެންގެ މޫނަށް ބަލަމުން ދިޔަކަން އަހަރެންނަށް ފާޙަގަ ވުމުން ފަސް އެނބުރި ބަލައިލީމިވެ. ކުރިމަތިން ފެނުނު މަންޒަރުން ހީވި މޫނުމަތީގައި މީހަކު ވަރަށް ބާރަށް ޖެހި ހެންނެވެ. ދިރިހުއްޓާ މީހަކު އަހަރެން ވަޅުލި ކަމުގެ އިހްސާސް ކުރެވުނެވެ. ކުރިމަތީގައި ހުރި ދޮރާށީން އަންހެން ކުއްޖެއްްގެ ކޮނޑުގައި އަތް އަޅުވައިލައިގެން އެއަންނަނީ ދެވަނަ އެހެން ފަރާތެއް ނޫނެވެ. އަހަރެންނަށް އިންތިޒާރު ކުރާނެ ކަމަށް ބުނި ޒުވާނާއެވެ. އަހަރެންގެ ހިތް އެ މީހަކަށް ޓަކއި އެދި ގޮވަމުން ދިޔަ އަދްޔަނެވެ. އަހަރެން މޫނު އަނބުރައުލީމެވެ. އޭނާއަށް ނުފެންނާނެހެންނެވެ. ފެންކަޅިވެފައިވި އަހަރެންގެ ދެލޮލުން ކަރުނަ ތިކިތައް އޮހޮރެން ފެށީ ބަނަވެފައިވާ ވިލާ ތަކުން ވާރޭ ވެހޭ ހެންނެވެ. އަދްޔަން ގެ އެ ހިނިތުންވުން ފެނި މިއަދު އަހަރެންގެ ހިތަށް އުފާވެރިކަމެއް ވެރި ނުވެއެވެ. ހިތަށް އިހްސާސް ކުރެވުނީ އާދަޔާ ހިލާފު ވޭނެކެވެ.

އަހަރެން ބޭނުންވީ ވީހަވެސް އަވަހަކަށް އެތަނުން ނިކުމެގެން ދާށެވެ. އެހެންނަމަވެސް ކުރިމަތީގައި އަތުރާފައިވާ ކާތަކެތި އިސްރާފްވެދާނެތީ ގަދަކަމުން އެ އެއްޗެހި އަރުތެރެއިން އެތެރައަށް ފޮނުވައި ނިންމައިލީމެވެ. އައިރު އަދި ނިހާ ރުފިޔާ ދައްކަން ދިއުމުން ނާހި އަދި ދީމާ އާއިއެކު އަހަރެން ނިކުތީ ބޭރަށެވެ. ޑޭޓާ ޖައްސައިލީ އަދްޔަންގެ މެސެޖެއް އޮއްތޯ ބެލުމަށެވެ. އާނއެކެވެ.

" ސޮރީ އިނގޭ ކުޑަކޮށް ކަމެއްގައި ބިޒީ ކޮށް އުޅޭތީ ރިޕްލައި ނުކުރެވުނީ .. އަދުވެސް ރަށަށް އަންނާކަށް ނުވޭތަ.؟ މިހާރު ގްރެޖުއޭޓް ވެސް ވެއްޖެއެއްނު." އަދްޔަން ރިޕްލައި ކޮށްފައި އޮތެވެ.

"އަދްޔަން އެއްފަހަރު ހަމަ އެންމެ ފަހަރަކު ބުނެލިނަމަ މީހާރު އުޅެނީ ކުއްޖަކާއި ރައްޓެހިވެގެންނޭ.. އަހަރެން ކައިރީ އިންތިޒާރު ކުރާނަމޭ ބުނީ ކިއްވެ؟ އަހަރެން ހީނުކުރަން އަދްޔަން އަހަރެންނަށް ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާނެކަމަށް.. އަހަރެން އަދްޔަން އަށް ވަރަށް އިތުބާރުކުރިން ވަރަށް ބޮޑަށް އިތުބާރުކުރިން. އަހަރެންނަށް ލިބޭ ހުސް ވަގުތު ތައް އަހަރެން ހޭދަ ކޮށްލީ އަދްޔަން ގެ ހައްގުގައި އަދްޔަން އާއި ވާހަކަދެއްކުމަށް ނޫނީ އަަދްޔަން މެސެޖަކަށް އިންތިޒާރު ކުރުމުގައި.. އަހަރެން ރާއްޖެ އައުމަށް ޓަކައި ދުވަސް ތައް ގުނަމުން އައި ހަމައެކަނި ސަބަބަކީ ތީ .. އަދްޔަން ދެކިލުމަށް އަދްޔަން ގެ ހިނިތުންވުން ދެކިލުމަށް އަހަރެންގެ ހިތް ދިޔައީ އދި ގޮވަމުން.. އެ ހިތަކަށް ނޭގޭ ވިއްޔާ އަދްޔަން ދިޔައީ އެހެން މީޙަކާއެކު އަދްޔަން ގެ ހަޔާތުގެ ދުވަސްތައް ގުނަމުންކަމެއް...ކީއްވެ ؟ އަދްޔަން ކީއްވެ...؟"

މިބަސްތައް އަދްޔަންއާއި ހަމައަށް ފޯރުވުމަށް އަހަރެން ކިތައްމެ ބޭނުންވިޔަސް އަަހަރެންނަށް އެ މެސެޖަށް ރިޕްލައި ކުރެވުނީ މިހާރު މިހުރީ ރާއްޖޭގައޭ ބުނެއެވެ. އަދްޔަން އަހަރެންގެ އެ މެސެޖް ވަގުތުން ސީން ކޮށް ޓައިޕިން އަރައިފައި އޮއްވާ އަހަރެން ފޯނުގެ ޑޭޓާ އޮފް ކޮށްލީމެވެ. އަދި ފޯނު ދަބަހަށް ލައި ގެއަށް ލައި ދިނުމަށް ކާރު ދުއްވަން ހުރި ނިހާ ގާތުގައި ބުނެލީމެވެ.

ގޭގެނދޮރާށިން އެތެރެއަށްް ވަދެ ތަޅުލުމަށް ކޮޓަރި އަށް ވަދެ އަޑުން އަޑު ނަގާ ރޮއިގަނެވުނެވެ. ބޭރަށް އަޑުނުދާނެހެން މޫނުމަތީގައި ބާލީސް އަޅައި ބާރުކޮށްލީމެވެ.ޑޮކްޓަރަކަށް ވެހުރެވެސް ރިހެމުން ދިޔަ ހިތަށް ކުރާނެ ފަރުވާއެއް ނޭގުނެވެ. ރިހެމުން ދިޔަ ބޮލުގެ ރިހުން ކުޑަކުރުމަށް ޕެނެޑޯލް ގުޅައެއް ކި ނަމަވެސް އެއްވެސްް ވަރެއްގެ ލުޔެއް ނުލިބެއެވެ. އެކި އެކި ހިޔާލުތައް ކުރުމުގައި އެނބުރެމުންދާ ފަންކާ އަށްބަލަހައްޓައިގެން އޮއްވާ ބައްޕަ ދޮރުގައި ޓަކި ދިންއަޑަކަށް އަވަސް އަވަހަށް ފާހަނަ އަށް ވަދެ މޫނު ދޮވެލީމެވެ. އަދި ހިނިތުންވުމަކާއެކު ދޮރު ހުޅުވާލީމެވެ. މަންމަ މާލޭއަންނަ ހަބަރު ބައްޕަދިނުމުން ވަރަށް އުފާވިއެވެ. ދަބަހުގައި އޮތް ފޯނުނަގައި ބަލައިލިއިރު އަދްޔަން ގެ މެސެޖްއެއްއޮތެވެ.

"ނުވެސަބުނެ؟"

"އާނ ފުރުސަތެއް ނުލިބުނީ" އަހަރެން ރިޕްލައި ކޮށްލީމެވެ.

ކިތައްމެ ބޭނުންވިޔަސް އަހަރެންގެ ހިތުގެ ހާލު އަހަރެންނަކަށް އަދްޔަން އަކަށް ބަޔާންކޮށެއް ނުދެވޭނެއެވެ. އަދްޔަން ގެ ރިޕްލައި ތައް ވަރަށް އަވަސްކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އުފަލެއް ނުވެއެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ.

"ލެޓްސް މީޓް ؟"

"ނޯރ ނޮޓްޔެޓް... ވަަރަށް ވަރުބަލި.. އައި ހޭވްް އަ ޖޮބް އިންޓާވިއު ޓޫ ޓުނައިޓް އައި ގެސް.. ސޮރީ " އަހަރެން އަދްޔަން އަށް އިންކާރުކުރީމެވެ. އަދި ބާއި އޭބުނުމަށްފަހު ކޮންވޯ ނިންމައިލީމެވެ.

އެރޭ އޮތް އިިންޓަވިއު ﷲ ގެ އިރާދަފުޅުން ވަރަށް ކާމިޔާބު ކަމާއެކު ނިމިގެން ދިޔައެވެ. ދެ ދުވަސް ފަހުން ނަތިޖާ ނިކުމާނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނިއެވެ. އަހަރެންނަށް ޖޮބް ލިބުނެވެ. އެއީވެސް އަހަރެންގެ ނަސީބެވެ. އަދްޔަންގެ ހިޔާލުތަކާއި ދުރަށް ދިއުމަށް އަހަރެންނަށް ލިބުނު ފުރުސަތެކެވެ.

އާފެށުމަކުން އަހަރެންގެ ދިރިއުޅުން ފެށުމަށް އަހަރެން ނިންމީމެވެ. އޭޑީކޭ ހޮސްޕިޓަލުގެ ދޮރާށިން އެތެރެއަށް ވަންނަން ވެގެން އަހަރެން ނެގި ފިޔަވަޅު ހުއްޓުނީ ފިރިހެންވަންތަ ހިނގުމެއްގައި ހޮސްޕިޓަލުން ނިކުތުމަށް ކަޅު ކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެން އައި އަދްޔަން ފެނިއެވެ. މުޅި ހަށިގަނޑު ފިނިވި ކަހަލައެވެ. ހުރިތަނުން ގުޑިލާންވެސް ނުކެރިފައި ހުރެފައި އަހަރެން ހިތާއި ހިތުން ކަނޑައެޅި އަޒުމް މަތިން ހަނދާންވިއެވެ. އަވަސް ހިނގުމެއްގައި ގޮސް އިނގިލީގެ ނިޝާން ޖެހުމަށްފަހު ފޯނަށް ބަލައިގެން ހުރެ ހިނގައިގަތީމެވެ. އަނެއްކާވެސް އަހަރެންނަށް ހުއްޓުމަށް މަޖްބޫރުވިއެވެ. ބާރުގަދަ އަތަކުން އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފުމުންނެވެ. ފަސް އެނބުރި ބަލައިލަން ބޭނުން ނުވުމުން އަހަރެން އެހުރި ގޮތަށްް ހުއްޓާ ވަރަށް ބާރަށް ދަމައިގަތުމުން އަހަރެން ކަހައިލައިގެން ވެއްޓެން ދިޔައެވެ. އެކަމަކު ބިންމަތީގައި ނުޖެހެއެވެ. އަހަރެންގެ އަތުގައި ހިފި އެ ބާރުގަދަ ދެ އަތުން އަހަރެން ވެއްޓުނަަނުދީ ހިފެހެއްޓިއެވެ. އަހަރެންނާއި އަދްޔަންގެ ދެލޯ އެކަކު އަނެކަކާ ދިމާވިއެވެ. ގަނޑީގެ ކަށި ހިނގަމުން ދާކަން އަދި ތިބި ތަނުގެ އިހްސާސް ނުކުރެވޭ ހާލު އެ ގޮތުގައި އެތައް އިރެއް ވަންދެން ތިބެވުނެވެ.

[ނުނިމޭ]

ފުރަތަމަ ބައި :

ވާހަކަ: ތިޔޭ މިހިތުގެ ވިންދަކީ...(1)

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.