ބާސެލޯނާއާއި އާސަނަލްއިން އަންނަ މަހު އެމިރޭޓްސްގައި އެކުވެރިކަމުގެ މެޗެއް ކުޅެނI

ކުޅިވަރު

ބާސެލޯނާއާއި އާސާނަލް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ނިންމައިފި

ރާނިއާ - ދުނިޔެ | 14 ނޮވެންބަރު 2022 , ހޯމަ 10:26   131

ޖޮއާން ލަޕޯޓާ އަންނަނީ އާސަނަލް އާއި އެކު ފްރެންޑްލީ [އެކުވެރިކަމުގެ] މެޗެއް، ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެމިރޭޓްސް ސްޓޭޑިއަމްގާއި ކުޅުމަށް މަޝްވަރާކުރަމުން ކަމަށް 'އާރްއޭސީ-1' އިން ވަނީ ބުނެފައެވެ. އަދި މި މެޗަކީ އެސްްޕެންޔޯލް ޓީމް އާއި ދެކޮޅަށް ކުޅޭ ޑާބީގެ ކުރިން ފަރިތަ ކުރުމަށް ކުޅޭ މެޗެކެވެ.

ޝައްކެއްވެސް ނެތް ގޮތުގާއި ޕްރިމިއާ ލީގްގެ ލީޑަރުން ވާދައަށް ކުޅޭ މި މެޗަކީ ވޯލްޑް ކަޕަށް ފަހު މި ދެ ޓީމުގެ ކުޅުމުގެ ފެންވަރު ބެލުމުގެ ގޮތުން ކުޅޭ މެޗަކަށް ވެގެންދާނެއެވެ.

ބާސެލޯނާގެ ޗުއްޓީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ފެށީ އެލް ސަދާރުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން ހޯދާފައިވާ ކާމިޔާބީއަށް ފަހުގައެވެ. ޤަތަރުގައި ކުރިއަށް ދާން ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ސަބަބުން 16 ބާސާ ކުޅުންތެރިން ވަނީ މި މެޗުގާއި ބައިވެރިވެފައެވެ.

ޗުއްޓީ ނިމުމަށް ފަހު 4 ކުޅުންތެރިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސަން ޖުއާން ދެސްޕީ ޓްރެއިން ކޮމްޕްޕްލެކްސްއަށް ދާނެއެވެ. އަދި ހަމަ އެހެންމެ ބާސެލޯނާގެ ކޯޗު ޒަވީ ހާނެންޑެޒް ބައެއް މެޗުތައް ބަލަން ދިޔުމަށް ޤަތަރަށް ޒިޔާރަށް ކުރައްވާނެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.