ޓީމުގެ ފުރަތަމަ ޑްރެސިންގް ރޫމުގާއި ރޮނާޑޯ އޭނާގެ 'ބާކީ ތިބި މަދު އެކުވެރިން' ގެއްލުވާފާއިވާތީ އެރިކް ޓެން ހެގް ބޭނުމެއް ނުވޭ ރޮނާޑޯ މެންޗެސްޓާގާއި ބަހައްޓަން

ކުޅިވަރު

ކްރިސްޓިއާނޯ ރޮނާޑޯ :ޓެން ހެގް އާއި މެންޗެސްޓާ ޓީމުގެ ކުޅުންތެރިންނަށް ބޮލު ރިހުމަކަށް

ރާނިއާ - ޔޫރަޕް | 14 ނޮވެންބަރު 2022 , ހޯމަ 13:12   201

ކަރަބައޯ ކަޕްގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވުނީ ސީރިއަސް އަނިޔާގެ ސަބަބުންކަމަކަށް ނުފެންނަ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހެގް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ. އަދި ޕޯޗުގީޒްްގެ ކުޅުންތެރިޔާ ފުލްހަމްއާއި ދެކޮޅަށް ކުޅޭ މެޗުން ފެނިގެން ދާނެ ކަމަށްވެސް ޓެން ހެގް ވަނީ ބުނެފައެވެ.

އުފާވެރި ހަބަރަކަށް ވުރެ މިއީ ޔުނައިޓެޑްގެ ކޯޗަށް ކުރިމަތިވާ އިތުރު މައްސަލައެކެވެ. ވިލާ ކޮޅަށް ލަނޑު ޖެހި އެންތަނީ މާޝަލް އެނބުރި އައުމާއެކު ޓެން ހެގްގެ އެންމެ އިސް ކުޅުންތެރިންގެ ލިސްޓުގާއި ރޮނާޑޯ ވަނީ އަނެއްކާވެސް ފަހަތަށް ގޮސްފައެވެ.

ފްރާންސްގެ ފޯވާޑުގެ މޮބިލިޓީއާއި ގޯލް ޖެހުމުގެ އަދަދު ގިނަވުމަކީ ޕްރިމިއާ ލީގުގައި އޭނާގެ ނަމުގައި އެންމެ ލަނޑެއް ޖަހާފައިވާ ރޮނާޑޯއަށްވުރެ މަތީގައި އެންތަނީ ހުންނަ ކަމެވެ.

މިއީ ހިޔާލެއް ނޫނެވެ އަދި މައުލޫމާތަށް ބެލުމުނެ ފެންނަ ކަމެއް : ރޮނާޑޯ ދަނޑުގާއި ނުހުންނައިރު، މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުމަކީ އަވަސް އަދި އިދިކޮޅު ޓީމަށް ލަފާނުކުރެވޭ ކުޅުމެކެވެ.

ޕޯޗުގަލްގެ ކުޅުންތެރިޔާ މެންޗެސްޓާ ޔުނައިޓެޑްގެ 11 މެޗު ފެށިއިރު އޭގެ ތެރެއިން ހަ މެޗަކީ ޔޫރަޕާ ލީގުގެ މެޗުތަކެވެ. އަދި އެ މެޗުތަކުގައި ޔުނައިޓެޑުން 14 ގޯލު ކާމިޔާބުކޮށްފައިވާއިރު، އޭގެ ތެރޭގައި ރޮނާޑޯ ކާމިޔާބުކޮށްދީފާއިވަނީ އެންމެ ތިން ލަނޑެވެ. ހަމަ އެހެންމެ ރޮނާޑޯ މެޗުގެ ފެށުމުގައި ފެނިގެން ނުދިޔަ 9 މެޗުން ޔުނައިޓަޑް ވަނީ 18 ގޯލު ކާމިޔާބުކޮށްފައެވެ.

މިހާރު ކްރްސްޓިއާނޯ ރޮނާޑޯއަށް ދެން އަޅާނެ ފިޔަވަޅު އޮތީ ޓެން ހެގްގެ އަތުގައެވެ. ނަމަވެސް މިކަންކަމުގެ އަލީގާއި ކްރްސްޓިއާނޯ ރޮނާޑާއަށްވެސް މިއީ އުނދަގު ދަނޑިވަޅެއްކަން ޔަގީނެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.