ގިނަ ބަޔަކަށް އިންޓަނެޓަށް ވަންނަން ބޭނުންކުރާ 'ބްރައުޒާ' އަކީ ކޮމްޕިއުޓަރުތަކުގައި އެންމެ ގިނައިން ބޭނުންކުރާ ޕްރޮގްރާމް

ޓެކްނޯލޮޖީ

ގޫގުލްކްރޯމް އާއި މައިކްރޮސޮފްޓްއެޖް އާއި ހުރި ތަފާތުތައް

ރާނިއާ - ދުނިޔެ | 14 ނޮވެންބަރު 2022 , ހޯމަ 10:31   183

ގޫގުލް ކުންފުނީގެ ކްރޯމްއަކީ ދުނިޔޭގެ ގާތްގަނޑަކަށް 65 އިންސައްތަ މާކެޓް ހިއްސާއާއި އެކު އެންމެ ގިނަ މީހުން ބޭނުންކުރާ ބްރައުޒަރެވެ. ހަމަ އެހެންމެ އެޕަލްގެ ސަފާރީ އަކީ 19 އިންސައްތަ މާކެޓް ހިއްސާއާއި އެކު ދެވަނައަށް އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ ބްރައުޒާއަށް ވާއިރު، މައިކްރޮސޮފްޓް އެޖްއަކީ 4 އިންސައްތައަށް ވުރެ ކުޑަތަންކޮޅެއް މަތި މާކެޓް ހިއްސާއަކާއި އެކު ތިންވަނައަށް އެންމެ ބޭނުން ކުރެވޭ ބްރައުޒާއެވެ.

ސްޕީޑް އަދި މެމަރީ

މި ދެ ބްރައުޒާ ވެސް ސްޕީޑް ކެޓަގަރީގައި ރަނގަޅު ނަމަވެސް ގިނަ ޓެސްޓް ކުރާ ސައިޓްތަކުން ދައްކާފައިވާ ގޮތުގައި އެޖް އަކީ ކްރޯމް އަށް ވުރެ އަވަސް ބްރައުޒާއެކެވެ. ގިނަ ޓެބްތައް ހުޅުވާފައިވާ ނަމަ އެޖްއިން ކޮންމެ ޓެބަކަށް ބޭނުންކުރާ މެމަރީ ކްރޯމްއަށްވުރެ ދަށްކަމަށް ހުރުހާ ޓެސްޓަކުންވެސް ފެނިގެންދެއެވެ. އަދި ބޭނުންކުރެވޭ މެމަރީ ދަށްވުމަކީ މުޅި ޑިވައިސްގެ މަސައްކަތް މަޑުކުރުވަދޭ ކަމެކެވެ.

ސާޗް އެންޖިންތައް

ކްރޯމްގެ ޑީފޯލްޓް ސާޗް އެންޖިން އަކީ ހައިރާންކަމެއް ނެތް ގޮތުގާއި ގޫގުލްއެވެ. އަދި މައިކްރޮސޮފްޓް އެޖްގެ ޑީފޯލްޓް ސާޗް އެންޖިންއަކީ ބިންގްއެވެ. ނަމަވެސް މިދެ ބްރައުޒަރުގާއި ވެސް ޑީފޯލްޓް ސާޗް އެންޖިންއަކީ ފަސޭހައިން ބަދަލުކުރެވޭ އެއްޗެކަށް ވުމުން، މިއީ އެޖް ބޭނުންނުކުރުމަށް ލިބޭ ރަނގަޅު ސަބަބެއް ނޫނެވެ.

ޑިވައިސް ޔޫޒަބިލިޓީ އަދި ސިންކް ކުރުން

މިދެ ބްރައުޒާވެސް ސްމާޓްފޯން ހުރިހާ ވަސީލަތެއްގާއި ބޭނުން ކުރެވުނު ކަމުގާއި ވިޔަސް، އެޖް ކްރޯމް އޯއެސް އިން ބޭނުން ނުކުރެވެއެވެ. ކްރޮމް ބުކްއެއް ބޭނުން ކުރާ މީހުން ބުކްމާކްތަކާއި، ހިސްޓަރީ އަދި އެހެން އެއްޗެހި ބޭނުން ހުރިހާ ޑިވައިސަކަށް ސިންކް ކުރަން ބޭނުން ކަމަށް ވާނަމަ ކްރޯމް ބޭނުން ކުރުމަކީ އެންމެ ބުއްދިވެރު ގޮތެވެ.

ޓެބްތައް ސްޓެކްކުރުން

އެޖްއަށް އެކަނި ހާއްސަ އެއް ފީޗާއެއް ގޮތުގާއި ޓެބްތައް ހަމަ އެކަނި ބްރައުޒާގެ މަތީގައި ތިބުމުގެ ބަދަލުގާއި ބްރައުޒާގެ ވައަތް ފަރާތުގާއިވެސް ސްޓެކް ކުރެވެއެވެ. އަދި ވާޓިކަލް ޓެބްތައް ޖެއްސުމަށް، އެޖް ބްރައުޒާގެ ފުރަތަމަ ޓެބްގެ ކުރީގައި މަތީ ވައަތް ފަރާތުގެ 'ޓެބް އެކްޝަން މެނޫ' އަށް ފިއްތާލުުމުން ފެނިގެންދެއެވެ.

ޓެގްސް: ގޫގްލް މައިކްރޯސޮފްޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.