ވިންޑޯސް 11 އިން ގޭމް ކުޅޭއިރު ލެގްވެ، ސްލޯވޭ.

ޓެކްނޯލޮޖީ

ވިންޑޯސް 11 ގޭމް ކުޅޭ އިރު 'ލަސް' ވާކަމަށް މައިކްރޮސޮފްޓްއިން ވެސް ކަށަވަރުކޮށްދީފި

ރާނިއާ - ދުނިޔެ | 17 ނޮވެންބަރު 2022 , ބުރާސްފަތި 09:32   125

އެންމެ ފަހުގެ ވިންޑޯސް 11 އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓް އިންސްޓޯލް ކުރުމަށް ފަހު ބައެއް ޔޫޒަރުން ވަނީ ގޭމް ކުޅޭއިރު ޕާފޯމަންސް މައްސަލަތަކުގެ ޝަކުވާ ކުރަން ފަށާފައެވެ. ލެގްވުން ނުވަތަ ސްލޯވުމުގެ އިތުރުން އެހެން ބަގްތައް އުޅޭކަމަށްވެސް ވަނީ ބުނެފައެވެ. އެ މައްސަލައަކީ ނިވީޑާ-ގްރެފިކް ކާޑުތަކުން ދިމާވާ މައްސަލައެއް ކަމަށް ފުރަތަމަ ހީވި ނަމަވެސް ޑިވައިސް-ޑްރައިވަރތައް ބަދަލުކުރުމުންވެސް އެކަމަށް ހައްލެެއް ލިބިފާއި ނުވެއެވެ.

ބައެއް ގޭމްތަކާއި އެޕްލިކޭޝަންތަކުގެ ޕާފޯމަންސް “ހީކުރިވަރަށް ވުރެ މަޑު ޕާފޯމަންސެއް ނުވަތަ ވިންޑޯޒް 11 22އެޗް2 ގައި ފްރީޒްވެދާނެ” ކަމަށް މައިކްރޮސޮފްޓްއިން ވަނީ އިންޒާރު ދީފައެވެ.

އެމީހުންނަށް ވަނީ އޮޅިގެން ޖީޕީޔޫ ޕާފޯމަންސް ޑީބަގިން ޖެއްސިފައި ކަމަށް 'ޓެކް ޖަޔަންޓް' އެއްބަސްވެއެވެ. އެކަމަކު މި މައްސަލައިގެ އަސަރު ފޯރާފާނެ ގޭމް ނުވަތަ އެޕްލިކޭޝަންތަކުގެ ވަކި މިސާލުތަކެއް މައިކްރޮސޮފްޓްއިން ދީފައެއް ނުވެއެވެ. ކޮންސިއުމަރ އިލެކްޓްރޯނިކްސް މި ފަންކްޝަން ބޭނުންކޮށްގެން ނުވާނެއެވެ. އަދި ވިންޑޯޒް 11 22އެޗް2 ގައި ހުންނަ ބައެއް ގޭމްތަކާއި އެޕްލިކޭޝަންތަކުން ޑިބަގިން ފީޗާ އެކްޓިވޭޓް ކުރާ ސަބަބުވެސް މައިކްރޮސޮފްޓްއިން ހާމަކޮށްފާއި ނުވެއެވެ. މީގެ އިތުރުން މި މައްސަލަ ދިމާވަނީ ކިތައް އެޕްލިކޭޝަނަކަށް ކަމެއްވެސް ނޭނގެއެވެ.

އެ ކުންފުނިން ވަނީ މިކަމަށް ހައްލެއް ހޯދަމުން ދަނިކޮށް އަސަރުކުރާ ޑިވައިސްތައް އޮޓޮމެޓިކުން ވިންޑޯޒް 11 22އެޗް2 އަށް އަޕްޑޭޓް ކުރުން ހުއްޓާލާފައެވެ. ވިންޑޯޒް 11 ޕްރޯގެ އެންމެ ފަހުގެ ވަރޝަން އިންސްޓޯލް ކުރުމަށް ވުރެ ގޭމްތަކާއި އެޕްތައް އަޕްޑޭޓް ކުރަން މިހާރު ޔޫޒަރުންނަށް މަޖުބޫރުވެއެވެ.

މީގެ ކުރިން ވެސް މައިކްރޮސޮފްޓްގެ އާ އޮޕަރޭޓިން ސިސްޓަމްތަކުން ގޭމް ކުޅޭ މީހުންނަށް ވަނީ މައްސަލަތަކެއް ދިމާވެފައެވެ. އޭއެމްޑީ ޗިޕް ޖަހާފައިވާ ކޮމްޕިއުޓަރުތަކުގެ ވެރިންނަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ޕާފޯމަންސް ދަށްވެފައިވާކަން ފާހަގަވެފައެވެ. އަދިވެސް މިކަމަށް ވެސް ހައްލެއް ހޯދިފާއި ނުވެއެވެ.

ޓެގްސް: މައިކްރޯސޮފްޓް ވިންޑޯސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.