ވޮލްވޯ އިން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އޮސްޓްރޭލިއާގައި ހަމައެކަނި އިލެކްޓްިކް ކާރު އުފެއްދުމަށް ވައުދުވެފާއި

ވިޔަފާރި

2025 ގެ ނިޔަލަށް އިލެކްޓްރިކް ކާރުތައް ޕެޓްރޯލް ކާރުތަކާއި އެއްވަރަށް އަދު ހެޔޮ ވެދާނެ ކަމަށް ޓެސްލާ އިން ބުނެފި

ރާނިއާ - ދުނިޔެ | 19 ނޮވެންބަރު 2022 , ހޮނިހިރު 10:04   170

ވޮލްވޯއިން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް 100 އިންސައްތަ އިލެކްޓްރިކް ކާރު ވިއްކާ ކުންފުންޏަކަށް ވުމަށް މަސައްކަތްކުރާކަމަށް އެމެރިކާގެ އިލެކްޓްރިކް ކާރު އުފައްދާކުންފުނި ޓެސްލާ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނާ ގޮތުގައި މިކަން ހާސިލް ކުރުމަށްޓަކައި ވޮލްވޯ އިން އޮރޯބޭގެ 33 އިންސައްތަ ހިއްސާވެސް ވިއްކާނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ. މި ފިޔަވަޅަކީ އިންޓަރނަލް ކޮމްބަސްޝަން އިންޖީނު އުފެއްދުމުން މުޅިން ދުރުހެލިވާ ފުރަތަމަ އޮޓޯ އުފެއްދުންތެރި ކުންފުނީގެ ގޮތުގައި ވޮލްވޯ ތަމްސީލުކޮށްދޭނެ ފިޔަވަޅެކެވެ.

ކޮވިޑް-19 ގެ ޕެންޑެމިކްގެ އިތުރުން އިލެކްޓްރިކް ކާރުތަކުގާއި ބޭނުން ކުާ ޗިޕުތައް އެހާ ފަސޭހައިން ލިބެން ނެތުމަކީ މި ކާރުތައް އަގުބޮޑުވާ ސަބަބެކެވެ. އަދި ހަމަ އެހެންމެ ލިތިއަމް ބެޓްރިއާއި ތެޔޮ އަގު ބޮޑުވުމަކީ އިލެކްޓްރިކް ކާރުތަކަށް އޮންނަ ޑިމާންޑް ބޮޑުވެ އަގު ކުޑަ ކުރަން ފަސޭހަކޮށްދޭނެ ކަމެކެވެ.

2025 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ އިލެކްޓްރިކް ވެހިކަލްތައް ގޭސް ވެހިކަލްތަކާ އެއްވަރަށް އަގުހެޔޮވާނެ ކަމަށް ވޮލްވޯގެ ސީއީއޯ ޖިމް ރޯވަންސް ވަނީ ބުނެފައެވެ. ރޯވާން ގަބޫލުކުރާ ގޮތުގާއި އެހަ ހިސާބަށް ދާއިރު ބެޓަރީގެ ހަރަދު ކުޑަ ކުރެވޭ ވަރަށް ޓެކްނޮލޮޖީ ވާނީ ކުރިއަރާފައެވެ.

ހަމަ ޔަގީނުންވެސް އިލެކްޓްރިކް ވެހިކަލެއް ޗާޖު ކުރުމަކީ ކާރަކަށް ތެޔޮ އެޅުމަށް ވުރެ ހަރަދު ކުޑަ ވާނެ ކަމެކެވެ. އަދި އިލެކްޓްރިކް ވެހިކަލްތަކުން ތިމާވެއްޓަށް ކުރާ ގެއްލުން ކުޑަވުމަކީވެސް ގިނަ މީހުން އިލެކްޓްރިކް ވެހިކަލް ގަންނަން ލިބޭ ހިތްވަރެކެވެ.

ޓެގްސް: ޓެސްލާ އިލެކްޓްރިކް ކާރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.