މީރާން ކަމީރީ ނަސާރީއަކީ ޗާލްސް ޑިގޯލް އެއާޕޯޓްގެ ޓާމިނަލް 1 ގެ ޑިޕާޗާ ލައުންޖުގައި ދިރިއުޅެމުން އައި އީރާނުގެ 'ރެފިއުޖީ'އެއް

ދުނިޔެ

18 އަހަރު ވަންދެން ޕެރިސް އެއާޕޯޓުގައި ދިރިއުޅެމުންއައި އިރާނުމީހާ މަރުވެއްޖެ

ރާނިއާ - ޔޫރަޕް | 17 ނޮވެންބަރު 2022 , ބުރާސްފަތި 09:38   172

މީރާން ކަރީމީ ނަސާރީ އައީ 1988 ވަނަ އަހަރުން ފެށިގެން ޗާލްސް ޑިގޯލް އެއާޕޯޓްގެ ޓާމިނަލް 1 ގައި ދިރިއުޅެމުންނެވެ.

ނަސާރީއަށް ފަހުން ފްރާންސްގާއި ދިރިއުޅުމުގެ ހައްގު ލިބިފައިވިކަމުގައި ވިޔަސް، އޭނާ ވަނީ އެނބުރި އެއާޕޯޓަށް ގޮސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގުދުރަތީ ސަބަބުތަކަކާއިއެކު މަރުވެފައި ކަމަށް އެއާޕޯޓް އޮފިޝަލުން ވަނީ ބުނެފައެވެ.

1945 ވަނަ އަހަރުގައި އިރާންގެ ޙުޒެސްތާންއަށް އުފަންވި ނަސާރީ ޔޫރަޕަށް ދަތުރުކޮށްފައިވަނީ އޭނާގެ މަންމަ ހޯދުމުގެ ނިޔަތުގައެވެ. އިނގިރޭސިވިލާތާއި ނެދަލެންޑްސް އަދި ޖަރުމަނު ފަދަ ގައުމުތަކުން އިމިގްރޭޝަނުގެ ރަނގަޅު ލިޔެކިޔުންތައް ނެތުމުގެ ސަބަބުން ބެލްޖިއަމްގާއި ނަސާރީ ވަނީ އަހަރުތަކެއ ހޭދަ ކޮށްފައެވެ. އެއަށް ފަހު ފްރާންސް އަށް ގޮސް އެއާޕޯޓުގެ ޓާމިނަލް 2އެފް ގާއި އޭނާ ދިރިއުޅެން ފެއްޓިއެވެ.

އޭނާގެ ވާހަކަ ބައިނަލްއަގްވާމީ މީޑިޔާގެ ސަމާލުކަން ލިބި، ދަ ޓާމިނަލް ގެ ޑިރެކްޓާ ސްޓީވެން ސްޕީލްބާގްގެ ލޮލުގަ އަޅައިގަތެވެ. މި ފިލްމް ނިކުތް ފަހުން ހޮލީވުޑް ފިލްމެއް 'އިންސްޕަޔާ' ކޮށްފައިވާ ނަސާރީ އައި ބައްދަލުކރަން ގިން ނޫސް ވެރިންތަކެއ ވަނީ އެއްވެފައެވެ.

ފްރާންސްގާއި ދިރިއުޅުމުގެ ހުއްދަ 1999 ވަނަ އަހަރު ލިބުނު ކަމުގާއި ވިޔަސް 2006 ވަނަ އަހަރު ނަސާރީ ބަލިއަކަށް ފަރުވާ ދިނުމުގެ ގޮތުން ހޮސްޕިޓަލަށް ގެންދަން ދެން އުޅެފައިވަނީ އެއާޕޯޓުގައެވެ. އެއަށްފަހު ފިލްމުން ލިބުނު ފައިސާ ބޭނުންކޮށްގެން ހޮސްޓެލްއެއްގައި ދިރިއުޅެމުން ނަސާރީ އައެވެ.

ނަސާރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެނބުރި އެއާޕޯޓަށް އައިސް، އޭނާގެ ދިރިއުޅުމުގެ ބޮޑު ބައި ހޭދަކޮށްފައިވާ ތަކުގައި ނިޔާވިކަމަށް އެއާޕޯޓް އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ. އޭނާގެ އަތުން އެތައް ހާސް ޔޫރޯއެއް ފެނިފައިވާ ކަމަށްވެސް އެ އޮފިޝަލްވަނީ ބުނެފައެެވެ.

ޓެގްސް: ފްރާންސް އީރާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.