ބޮމުގެ ހާދިސާ ހިންގާފައިވާ ސަރަހައްދުގާއި ފުލުން ހަރަކާތްތެރިވަމުން އަންނަ މަންޒަރު

ދުނިޔެ

އިސްތަންބޫލްގައި ހިނގި ގޮވުމުގެ ހާދިސާ އާއިގުޅިގެން ޝައްކު ކުރެވޭ މީހަކު ހައްޔަރުކޮށްފި

ރާނިއާ - މެދުއިރުމަތި | 15 ނޮވެންބަރު 2022 , އަންގާރަ 10:37   177

ތުރުކީވިލާތުގެ އިސްތަންބޫލް ގައި އާދީއްތަ ދުވަހު ހިނގި ބޮމުގެ ހާދިސާއަކާއި ގުޅިގެން ހަ މީހަކު މަރުވެ 81 މީހަކު ޒަހަމްވި މައްސަލައާއި ގުޅިގެން، ޝައްކު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ތުރުކީގެ ދާޚިލީ ވުޒާރާއިން ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ބުނެފައެވެ.

ތުރުކީގެ ނައިބު ރައީސް ފުއަތު އޮކްތާ ވަނީ މިހާދިސާއާއި ބެހޭ ގޮތުނަ ވާހަކަދައްކަމުން، މި ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް އާދިއްތަ ދުވަހު ވިދާޅުވެފައެވެ.

ތުރުކީގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ބޮމުގެ ހަމަލާގެ ފަހަތުގައި ތިބީ ކުރުދީސްތާން ވޯކަރސް ޕާޓީ (ޕީކޭކޭ) އާއި ޑިމޮކްރެޓިކް ޔޫނިއަން ޕާޓީ (ޕީވައިޑީ) އިން ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީން ކަމަށް އެގައުމުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލޫ ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންވަނީ ވިދާޅުވެފައެވެ. އަދި އިންވެސްޓިގޭޓަރުން މި ނިންމުމާ ހަމައަށް އައި ގޮތުގެ ތަފްސީލެއް ސޮއިލޫ ދީފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ތުރުކީގެ އެންމެ ބޮޑު ސިޓީގެ މެދުގާއި އޮންނަ ބެޔޮގްލޫ ސްކުއެއާގެ އިސްތިކްލާލް މަގުގައެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އަންހެނަކު ބެންޗެއްގައި 40 މިނެޓަށް ވުރެ ގިނައިރު އިށީނދެގެން ހުރެ، ގޮވުމުގެ މިނނިޓުތަކެއް ކުރިން ތެދުވެ، ކޮތަޅެއް ނުވަތަ ޕްލާސްޓިކް ކޮތަޅެއް ފަދަ އެއްޗެއް ބޭއްވުމަށް ފަހު އެތަނުން ތެދުވިގެން ގޮސްފައިވާ ތަން ފެންނަކަމަށަ ތުރުކީގެ ޖަސްޓިސް މިނިސްޓަރު ބެކިރު ބޮޒްދާގް ވިދާޅުވިއެވެ.

ކުރުދީންނާއި ވަކިވެގަތުމަށް މަސައްކަތް ކުރަމުން އަންނަ ގްރޫޕުތަކާއި ތުރުކީއާއި ދެމެދު އޮތް ހަމަނުޖެހުންތަކަކީ ސާޅީސް އަހަރަށް ވުރެ ގިނަ ދުވަސްވެ، ދިހަހާހެއްހާ މީހުންގެ ފުރާނަ މި ހަމަނުޖެހުންތަކުގެ ތެރޭގައި ގެއްލިފާއިވާ ކަމެކެވެ.

ޓެގްސް: ތުރުކީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.