ބްރޫނޯ ފަނާންޑެޒް ވަނީ މިއީ ވޯލްޑް ކަޕް ކުޅެން ރަނގަޅު ވަގުތެއް ނޫން ކަމަށް ބުނެފައި

ކުޅިވަރު

ވޯލްޑް ކަޕް 2022 :މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ޤަތަރުގާއި ވޯލްޑްކަޕް ގުޅޭގޮތުން ނުރުހުން ފާޅުކޮށްފި

ރާނިއާ - މެދުއިރުމަތި | 19 ނޮވެންބަރު 2022 , ހޮނިހިރު 10:58   134

މެންޗެސްޓާ ޔުނައިޓަޑްގެ ބްރޫނޯ ފަނާންޑެޒް ވަނީ އަންނަ ހަފްތާގެ ވޯލްޑް ކަޕް ޤަތަރުގާއި ބޭއްވުމާއި މެދު ސުުވާލު އުފައްދައި ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ.

"އަހަރުމެންނަށް އިނގޭ ވޯލްޑް ކަޕް ވަށައިގެންވާ މާހައުލާ ބެހޭގޮތުން، ވޭތުވެދިޔަ ހަފްތާތަކުގައާއި ވޭތުވެދިޔަ މަސްތަކުގައި ކަން ހިންގާފައިވާ ގޮތް ވަރަށް ސައުފު. ސްޓޭޑިއަމްތައް ހެދުމުގެ މަސައްކަތުގާއި މަރުވެފައިވާ މީހުންގެ ވާހަކަތައްވެސް އަހަރުމެންނަށް އިނގޭ. އަދި މިކަންކަމާ މެދު އަހަރުމެނ އެއްވެސް ގޮތަކަށްވެސް ހިތް ހަމަ ނުޖެހޭކަންވެސް ފާހަގަކޮށްލަން"، ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ހަނާންޑެޒް ވަނީ ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ބުނެފައެވެ.

ގަލްފް ކައުންޓްގައި އެމްބަސީތަކުން ފޯރުކޮށްދިން ތަފާސްހިސާބުތައް ބޭނުންކޮށްގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ގާޑިއަން އިން ބުނީ ވޯލްޑް ކަޕް ހޯސްޓް ގައުމެއްގެ ގޮތުގައި ގަތަރު ހޮވި ފަހުން 6،500 މަސައްކަތްތެރިން މަރުވެފައިވާ ކަމަށެވެ.

ނަމަވެސް، ޤަތަރުން ވަނީ މިވާހަކަތައް އިންކާރުކޮށްފައެވެ. އަދި ރަސްމީ ރިކޯޑްތަކުން ދައްކާ ގޮތުގައި 2014 އާއި 2020 އާ ދެމެދު ވޯލްޑް ކަޕް ދަނޑު އިމާރާތްކުރާ ތަންތަނުގައި މަސައްކަތްތެރިންގެ ތެރެއިން 37 މީހުން މަރުވެފައިވާއިރު އޭގެތެރެއިން "މަސައްކަތުގެ ސަބަބުން" މަރުވެފައިވަނީ އެންމެ ތިން މީހުން ކަމަށްވެސް ޤަތަރުން ވަނީ ބުނެފައެވެ.

އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ބުނީ މި އަދަދުތައް ކުޑަކޮށް ލަފާކޮށްފައިވަނީ ހާޓް އެޓޭކާއި ނޭވާލާ ނިޒާމު ފޭލްވުމުން މަރުވާ މީހުންނަކީ މަސައްކަތާ ގުޅުން ހުރި ބައެއްގެ ގޮތުގައި ގަތަރުން ނުގުނާތީ ކަމަށެވެ. އެކަމަކު މިކަންކަމަކީވެސް ހޫނުގަދަ ތަންތަނުގާއި މަސައްކަތް ކުރުމުން ދިމާވާ ކަންކަން ކަމަށްވެސް ފާހަގަކޮށްލެވެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.