އަލަހާންޑްރޯ ގަރްނާޗޯ ފެރޭރާ އަކީ ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ވިންގާއެއްގެ ގޮތުގައި ކުޅޭ ކުޅުންތެރިއެއް

ކުޅިވަރު

ފުލްހަމް، ޔުނައިޓެޑް މެޗުގެ ތަރި : އެލެހާންޑްރޯ ގަރްނާޗޯ ފެރޭރާ

ރާނިއާ - ޔޫރަޕް | 14 ނޮވެންބަރު 2022 , ހޯމަ 13:07   136

އަލަހާންޑްރޯ ގަރްނާޗޯއަށް މާ އަވަހަށް ވޯލްޑް ކަޕް އައިސްފައިވާ ނަމަވެސް، މި ރޭޓުން ކުރިއަށް ދާކަމުގައި ވާނަމަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރިއަރަމުން އަންނަ ތަރިއަށް އޭނާގެ މޮޅު ކުޅުން ދެއްކުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މިދިޔަ މަހުން ފެށިގެން، ގަރްނާޗޯ ވަނީ ޔުނައިޓަޑްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެމުންނެވެ. އޭގެ ފަހުން ފުރާވަރުގެ އާދަޔާހިލާފަށް ހުނަރުވެރި ކުޅުންތެރިޔާ ވަނީ އެރިކް ޓެން ހެގްގެ ޓީމަށް ގިން މޮޅުތަކެއް ގެނެސްދީފައެވެ.

އެލެހާންޑްރޯ ކުޅެފައިވަނީ އެންމެ ފުރަތަމައަށް އެފްސީ ޝެރިފްއާއި ދެކޮޅަށް ކުޅެފައިވާ މެޗެވެ. އަދި ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވަނީ ރިއަލް ސޮސަިޑޭޑްއާއި ދެކޮޅަށް ކުޅެފައިވާ މެޗުގައެވެ. ބުރާސްފަތި ދުވަހު ކަރަބައޯ ކަޕްގައި އެސްޓަން ވިލާ އަތުން މޮޅުވި މެޗުގައި ބެންޗުން ފޭބުމަށްފަހު މޮޅުވި މެޗުގާއި ދެ އެސިސްޓްތަކަކާއި، އަދި މިހާރު ފުލްހަމްއާއި ދެކޮޅަށް ކުޅުނު މެޗުގައި އަނެއްކާ ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ.

ފުލްހަމް މެޗުގެ އިތުރު ތިން މިނިޓުގެ އެންމެ ފަހު މިނިޓު ވެގެންދިޔަ އިރު، ކައިރިކައިރިން ކުރިއަށް ދިޔަ މެޗު ޔުނައިޓެޑް ކާމިޔާބުކޮށްދީފައި ވަނީ ގަރްނާޗޯއެވެ. މިއީ ޓެން ހެގްއަށް ލިބުނު އުފަލެއް ކަމުގައި ވިޔަސް މިއީ މާކޯ ސިލްވާއަށް ލިބިފައިވާ ވޭނެކެވެ. މިއީ ފުލްހަމްވެސް މި މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އައި އިރު އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ އެލެކްސާނަޑްރާ މިޓްރޮވިޗް ބޯޅަ ނެގުމަށް ތައްޔާރަ ހުރީސް މެމެޗު ފުލްހަމް އަށް ކާމިޔާބުވީހެވެ.

ފާއިތުވެ ދިޔަ މަހަކީ އުމުރުން 18 އަހަރުގެ އެލެހާންޑްރޯއަށް ވަރަށް ރަނގަޅު މަހެކެވެ. ހަމައެކަނި ހިތާމައަކަށް ވާނީ މާޗް މަހު އާޖެންޓީނާގެ ސްކޮޑާ އެކު ޓްރެއިނިން އަށް އައުމުގެ ދައުވަތެއް ލިބިފާއިވުމާ އެކު ވޯލްޑް ކަޕްގެ ޖާގައެއް ހުޅުވާލެވޭނެ ފަދަ އަސަރެއް ސީޒަންގެ ކުރީކޮޅު އޭނާއަށް ނުކުރެވުމުންނެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.