ބެލެންސްޑް ޑައިޓެއްގެ ސަބަބުން މުޅި ދުވަހު ހަރަކާތްތެރިވެ ހުރުމަށް ބޭނުންވާ ހުރިހާ ހަކަތައެއް ލިބިގެންދޭ

ދުނިޔެ

3 ބިލިއަނަށްވުރެ ގިނަ މީހުންނަށް ސިއްހަތަށް ރަނގަޅު ކާނާ ގަތުމުގެ މާލީ ގާބިލުކަން ލިބިފައި ނުވޭ : އ.ދ.

ރާނިއާ - ދުނިޔެ | 15 ނޮވެންބަރު 2022 , އަންގާރަ 09:17   154

ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއިއެކު ދުނިޔެ ހޫނުވުން އިތުރުވަމުންދާއިރު، 3 ބިލިއަނަށް ވުރެ ގިނަ މީހުންނަށް ސިއްހަތަށް ރަނގަޅު ކާނާ ގަތުމުގެ މާލީ ގާބިލުކަން ލިބިފައި ނުވެއެވެ. މިގޮތުން ސަރުކާރުތަކާއި ބައިނަލްއަޤްވާމީ ތަރައްޤީގެ ބައިވެރިން ބަނޑުހައިހޫނުކަން ކުޑަކުރުމަށާއި، މުޖުތަމަޢުތަކަށް ދިރިއުޅުން ފޯރުކޮށްދިނުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ދެމެހެއްޓެނިވި ކާބޯތަކެތީގެ ފިނި ޗޭންތަކަށް އިންވެސްޓްކުރަންޖެހޭ ކަމަށް އ.ދ. އިން ވަނީ ބުނެފައެވެ.

ކޮޕް-27 ސަމިޓުގައި ޔޫއެންއީޕީ އަދި އެފްއޭއޯގެ ސަސްޓެއިނަބަލް ފުޑް ކޯލްޑް ޗޭންސް ރިޕޯޓުގައި ބުނެފައި ވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް އިތުރު ދެ ބިލިއަން މީހުންނަށް ކާންދިނުމުގެ ގޮންޖެހުމާއި ކުރިމަތިލުމަށް ފުޑް ކޯލްޑް ޗޭންސް އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

ކޯލްޑް ޗޭން ނިސްބަތްވަނީ ޑިސްޓްރިބިއުޝަން ޗޭން މެދުވެރިކޮށް ރައްޔިތުންނާއި ހަމައަށް އުފެދޭ ތަނުން ފެށިގެން ކޮލިޓީއާއި ރައްކާތެރިކަން ދެމެހެއްޓިގެން ފަނާވާ އުފެއްދުންތަކުގެ ފިނިހޫނުމިން ބެލެހެއްޓުމަށެވެ.

ދުނިޔޭގައި ބަނޑުހައިހޫނުކަމުގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު 2021 ވަނަ އަހަރު 828 މިލިއަނަށް އަރާފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 46 މިލިއަނަށް ވުރެ ގިނަ މީހުންނެވެ.

ކޯވިޑް ޕެންޑެމިކްގެ އިގްތިސާދީ އަސަރުތަކުގެ ސަބަބުން އިންފްލޭޝަން އިތުރުވުމުން 2020 ވަނަ އަހަރު ގާތްގަނޑަކަށް 3.1 ބިލިއަން މީހުންނަށް ސިއްހަތަށް ރަނގަޅު ކާނާ ލިބިފައި ނުވާއިރު، މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 112 މިލިއަން އިތުރު އަދަދެކެވެ.

މި ހުރިހާ ކަމެއް ވެސް އަންނަނީ އިންސާނުން ކެއުމަށް އުފައްދާ ހުރިހާ ކާނާއެއްގެ ގާތްގަނޑަކަށް 14 އިންސައްތަ ކާނާ ކެއުމަށް ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގެ ކުރިން ހަލާކުވެދާތީއެވެ. ކާބޯތަކެތީގެ ފެންވަރާއި ނިއުޓްރިޝަނަލް ވެލިއު އަދި ރައްކާތެރިކަން ދެމެހެއްޓުމަށް ރަނގަޅު ކޯލްޑް ޗޭނެއް ނެތުމަކީ ކާނާ ހަލާކުވުމުގެ މައިގަނޑު ސަބަބެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގާއި ތަރައްގީވަމުން އަންނަ ގައުމުތަކުން ކާބޯތަކެތީގެ ކޯލްޑް ޗޭން އިންފްރާސްޓްރަކްޗާތައް، ތަރައްގީވެފައިވާ ގައުމުތަކާ އެއް ފެންވަރަށް ވާސިލްވެއްޖެނަމަ އަހަރަކު 144 މިލިއަން ޓަނުގެ ކާބޯތަކެތި ސަލާމަތް ކުރެވިދާނެއެވެ.

ޓެގްސް: ފަޤީރުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.