މަރުކަޒީ ބޭންކުން 50 ރުފިޔާގެ ނޫޓު މަދުކަމަށް ވާތީ، އަލަށް ޗާޕުކޮށްފައިވާ ނޫޓުތަކުގާއި ދިވެހި ރުފިޔާގެ ނިޝާނުވޭ

ވިޔަފާރި

ދިވެހި ރުފިޔާގެ ނިޝާނާއެކު 50 ރުފިޔާގެ އާ ނޫޓެއް ތައާރަފްކޮށްފި

ރާނިއާ - ދިވެހި ރާއްޖެ | 14 ނޮވެންބަރު 2022 , ހޯމަ 15:06   357

ޖުލައި މަހު ތައާރަފްކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން، މަރުކަޒީ ބޭންކުން އަލަށް ޗާޕުކޮށްފައިވާ 50 ރުފިޔާގެ ނޫޓުގައިވަނީ ތައާރަފްކޮށްފައެވެ.

މަރުކަޒީ ބޭންކުން ތައާރަފްކޮށްފައިވާ 50 ރުފިޔާގެ ނޫޓުތަކުގެ ދެފުށުގައިވެސް ދިވެހި ރުފިޔާގެ ނިޝާންވާ ކަމަށްް ވަނީ ބުނެފައެވެ. ހަމައެހެންމެ ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.

މިނޫޓުގައި ސޮއި ކޮށްފައިވަނީ އެމްއެމްއޭގެ ގަވަރްނަރު އަލީ ހާޝިމްކަމަށްވާ އިރު މި ނޫޓުތަކުގައިވާ ތާރީހަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. އަދި މި ނޫޓު ނެރޭނެ ދުވަހެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އައު ނޫޓު ސީރީޒްއަކީ 2016 ވަނަ އަހަރު ތާރަފްކޮށްފައިވާ ނޫޓްތަކާއި ލިހާފަށް ގެންގުޅެން ފަސޭހަ، އިތުރު ސެކިއުރިޓީ ފީޗާސްތަކަކާއި އެކު، ޒަމާނީ ނޫޓްތަކެކެވެ. އަދި އައު ނޫޓާއި އެކު ލިބޭ ސެކިއުރިޓީ ފީޗާސްތަކަށް ބަލާލި ކަމުގައި ވާނަމަ ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ.

ޓެގްސް: އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.