ކްރިސްޓިއާނޯ ރޮނާޑޯއާއި މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރު ޓެން ހެގް އަދި ކުޅުންތެރިންނާއި ގިނަ މައްސަލަތަކެއް ޖެހިފައި

ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑުން ވަނީ އަހަންނަށް ބޭވަފާތެރި ވެފައި : ކްރިސްޓިއާނޯ ރޮނާޑޯ

ރާނިއާ - ޔޫރަޕް | 15 ނޮވެންބަރު 2022 , އަންގާރަ 10:05   217

ކްރިސްޓިއާނޯ ރޮނާޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑުން ވަނީ އޭނާއަށް ބޭވަފާތެރިވެފައި ކަމަށާއި އަދި ކްލަބުން ބޭރުވާން މަޖުބޫރު ކުރުވާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ޕޯޗުގަލްގެ ވެޓެރަން މިހާރު ވަނީ ޓޯކްޓީވީއަށް ޕިއާސް މޯގަން އަށް ދިން ދިގު އިންޓަވިއުއެއްގައި އޭނާގެ ފަރާތުން މިވާހަކަތައް ކިޔާދީފައިވެއެވެ.

ޔުނައިޓެޑުގެ ހައިއާކީން އޭނާ ކްލަބުން ބޭރުކުރަން މަސައްކަތް ކުރަނީތޯ ސުވާލު ކޮށްލުމުން ރޮނާޑޯ ވަނީ "އާދެ، ހަމައެކަނި ކޯޗު [އެރިކް ޓެން ހެގް] ނޫން، ކްލަބުގެ އިތުރު ދެތިން ކޮޅުންތެރިންވެސް މިކަމުގައި ހިމެނޭ. މިއީ ޔުނައިޓަޑުން އަހަރެންނަށް ވެފައިވާ ބޭވަފާއެއެއް" ކަމަށް ބުނެފައެވެ.

ކްލަބުގެ އިސް އެގްޒެކެޓިވުން އޭނާ ކްލަބުން ބޭރުކުރަން މަސައްކަތް ކުރަމުންދާތޯ އަނެއްކާވެސް ސުވާލު ކުރުމުން އުމުރުން 37 އަހަރުގެ ރޮނާޑޯ ވަނީ އޭނާއެކަމަކަށް ފަރުވާއެއް ނުދޭކަމަށައި، މީހުން ހަގީގަތް ބެލުން މުހިންމުކަމަށް ބުނެފައެވެ.

ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެސްޓަން ވިލާ އަތުން 1-3 އިން ބަލިވި މެޗުގައި ޔުނައިޓެޑުގެ ކެޕްޓަންކަން ކުރި ފަހުން ރޮނާލްޑޯ ވަނީ ހާމަކޮށްފައި ނުވާ ބަލިއެއްގެ ސަބަބުން މެޗުތަކުން ފެނިގެން ނުގޮސްފައެވެ.

މީގެ ތިން ދުވަސް ކުރިން ސަބްސްޓިއިޓެއްގެ ގޮތުގައި ޓޯޓެންހަމް މެޗަށް ރޮނާޑޯ އަރަން އިންކާރުކޮށްފައިވާ އިރު، ޓެން ހެގް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ޗެލްސީއާއި ދެކޮޅަށް ކުޅެފައިވާ ޕްރިމިއާ ލީގް މެޗުން ރޮނާޑޯ ބާކީކޮށްފައެވެ.

އަދި ޓެން ހެގްގެ ވާހަކަ ދެކެވެމުން، ރޮނާޑޯ ވަނީ ޓެން ހެގްއަށް އެއްވެސް ގަދަރެއް އޭނާގެ ހިތުގައި ނޯންނަކކަމަށް ބުނެފައެވެ. އަދި މިއީ ޓެން ހެގް އޭނާއަށްވެސް އެއްވެސް ގަދަރެއް ނުދައްކާތީ ކަމަށް ރޮނާޑޯ ވަނީ އިތުރަށް ބުނެފައެވެ.

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.