ޕީއެސްއެމް މައި އިމާރާތް، ފޮޓޯ: ޕީއެސްއެމް

ކުޅިވަރު

ޕީއެސްެމް އިން "ހިލޭ" ވޯލްޑްކަޕް ދައްކާނެ

ރާނިއާ - ދިވެހި ރާއްޖެ | 16 ނޮވެންބަރު 2022 , ބުދަ 09:35   147

ނޮވެމްބަރު 20 ގައި ފެށިގެންދާނެ ވޯލްޑް ކަޕް މުބާރާތް ޕީއެސްއެމް އިން އިތުރު ފީ އަކާއި ނުލާއި, ހިލޭ، ގެނެސްދޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

ޤަތަރުގައި ނޮވެމްބަރު 20 އިން ފެށިގެން އަންނަ މަހު 18 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށްދާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ މި ސަރަހައްދުގެ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނަގާފައިވަނީ އިންޑިއާގެ ކުންފުނި 'ވަަޔަކޮމް 18' އިންނެވެ. އަދި މީޑިއާނެޓުން ވަނީ އެއް މިލިއަން ޑޮލަރަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ގަނެފައެވެ.

މީޑިއާނެޓުން ހުއްދަ ވިއްކަން ނިންމާފައިވާ 3 ކުންފުނީގެ ތެރޭގައި މީޑިއާނެޓުން ހިންގާ އައިސްޓީވީއާއި ރާއްޖެޓީވީއިން ވަނީ މިހާރު ހުއްދަ ގަނެފައިކަން ވެސް ވަނީ އިއުލާންކޮށްފައެވެ.

ފުރަތަމަ ފީއެސްއެމްއިން ތިން ވަނަ ކުންފުނީގެ ގޮތުގައި ޕީއެސްއެމްގެ ޔެސްޓީވީއިން ހުއްދަ ގަތުމަށް މަސައްކަތް ކޮށްފައިވާ ކަމުގައި ވިޔަސް މީޑިއާނެޓަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހޭތީ ވަކިން ޕެކޭޖެއްގެ ގޮތުގައި ވިއްކަން ޖެހިދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ނަމަވެސް ޕީއެސްއެމްގެ އޮފިޝަލަކު ވަނީ އިއްޔެގެ ވަގުތެއްގައި ޕީއެސްއެމް އިން ފައިސާ ހަމަޖެހިފައވާ ކަމަށާއި އަދި އިތުރު ފީއަކާއި ނުލާއި ޕީއެސްއެމް އިން ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ގެނެސްދޭނެ ކަމަށް ބުނެފައެވެ.

ޕީއެސްއެމް އިން 'ވަޔަކޮމް 18' އަތުން ވަކިން ހުއްދަ ގަތުމަށް ވެސް މަސައްކަތްކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެެވެ. އެހެންކަމުން ވަޔަކޮމް 18 އިން ހުށަހަޅާފައިވާ 2 މިލިއަން ޑޮލަރުގެ އަގު މާ ބޮޑުކަމަށް ވާތީ މިހާރު ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ކުންފުންޏެއް ގުޅިގެން ދައްކާ ގޮތަށެވެ.

ޓެގްސް: ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.