ކޫއްޑޫގައި ހުންނަ މަސް ފެކްޓްރީގެ މަންޒަރެއq

ޓެކްނޯލޮޖީ

އައިސް ޕްލާންޓް އަދި ސޯލާޕެނެލް އޮޑިދޯނިފަހަރުގައި ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާނިއާ - ދިވެހި ރާއްޖެ | 15 ނޮވެންބަރު 2022 , އަންގާރަ 14:28   217

މަސް ދޯނިތަކުގައި އައިސް ޕްލާންޓް އަދި ސޯލާ ހަރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފިއެވެ.

މިމަޝްރޫއު ކުރިއަށް ދާނީ ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެންނެވެ. މި މަޝްރޫއޫގެ ދަށުން މިސިސްޓަމްތައް ގާއިމްކުރުމަށް ބޭނުންވާ ފާއިސާއައް އެދި ފޯމްތައް އެސް.ޑީ.އެފްސީގެ ޕޯޓަލްއަށް އަންނަ މަހުގެ ނިޔަލަށް ހުށެހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ގިނަ ވަގުތު ތާޒާކަން މަތީ ބެހެއްޓުމުގެ ގޮތުންނާއި، މަސްވެރިކަން ފަހި ދުވަސްތަކުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމާއި، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަޤްޞަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައި.އެސް.ޑީ.ބީ)އާއި އެކު ދިވެހި ސަރުކާރުން ވަނީ މަޝްރޫޢޫއެއްގައި ސޮއިކޮށްފައެވެ.

މިމަޝްރޫއުގެ ދަށުން މަސްދޯނިތަކުގާއި ރެފްރިޖެރޭޓަޑް ސީ- ވޯޓަރ (އާރް.އެސް.ޑަބްލިއު)ސިސްޓަމް ނުވަތަ އައިސް ޕްލާންޓުތައް ޤާއިމްކުރުމަށާއި އިޔާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފައިނޭސިން ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ކުރިއަށްދާނެއެވެ.

ދެފިޔާވައްސަކަށް ބެހުމަށްފަހު ޖުމުލަ 200 މަސްވެރިންނަށް އުޅަނދުގައި މި ސިސްޓަމްތައް ގާއިމްކުރެވިގެން ދާނެއެވެ.

މިމަޝްރޫއުގާއި ބައިވެރިވުމުގެ ހުއްދަ ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދުތަކާއި ފިޝަރީޒް މިނިސްޓްރީއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. އަދި މި އުޅަނދަކީ މިހާރުވެސް މަސްވެރިކަން ކުރުމަށް ބޭނުންކުރާ އުޅަނދަކަށް ވުމުގެ އިތުރުން 50 ފޫޓަށްވުރެ ދިގު އުޅަނދަކަށްވެ، މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިން ކެޕޭސިޓީ ހުންނަ އުޅަނދަކަށްވެސް ވާން ޖެހޭނެއެވެ. ހަމައެހެންމެ އާރް.އެސް.ޑަބްލިޔު ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހުންނަ އުޅަނދަކަށްވެސް ވާންޖެހޭނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ދާނީ ދެ މަރުހަލާއަކަށް ބަހައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ ފޯމް ހުށަހަޅައި، ކަރުދާހުގެ މަސައްކަތަށް ފަހު އުޅަނދާއި ބެހޭ މަޢުލޫމާތާއި އެއުޅަނދަށް ބޭނުންވާ އާރް.އެސް.ޑަބްލިއު އަދި ސޯލަރ ޕެކްގެ ކެޕޭސިޓީ ދެނެގަތުމެވެ. ދެވަނަ މަރުހަލާގައި ސަޕްލަޔަރުންގެ ލިސްޓުން ޚިޔާރު ކުރުމުގެ ފުރުޞަތު އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް ލިބިގެންދާނެއެވެ. ހިޔާރުކުރާ ސިސްޓަމަށް ބެލުމަށްފަހު ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅިގެންދާނެއެވެ. އެއަށްފަހު ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅެގޮތުން ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ޓެގްސް: މަސްވެރިކަމުގެ ސިނާޢަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.