ޑުއާ ލިޕާއަކީ ވަން ކިސް، ނިއު ރޫލްސް އަދި ކޯލްޑް ހާޓް ފަދަ އެއް ނަންބަރު ހިޓް ލަވަތައް ކިޔާފައިވާ ލަވަކިޔުންތެރިޔެއް

ކުޅިވަރު

ޑުއާ ލިޕާ ގަތަރުގާއި ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ޕަފޯމް ނުކުރާނެކަމަށް ބުނެފި

ރާނިއާ - މެދުއިރުމަތި | 17 ނޮވެންބަރު 2022 , ބުރާސްފަތި 09:35   302

ގިނަ ވާހަކަތަކަށްފަހު ޑުއާ ލީޕާ ވަނީ މި ނޮވެމްބަރު މަހު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުޅުމުގެ ރަސްމިއްޔާތުގާއި އޭނާ ޕަފޯމް ނުކުރާނެކަން ކަށަވަރުކޮށްދީފައެވެ.

ލަންޑަނުގައި ކޮސޯވާ-އަލްބޭނިއާގެ މައިންބަފައިންނަށް އުފަން ފަންނާނު އިންސްޓަގްރާމް ސްޓޯރީއެއްގައި ސާފުކޮށްދިނީ އޭނާ ދުވަހަކުވެސް މިރަސްމިއްޔާތުގާއި ހާޒިރުވާން ބޭވި މަޝްވަރާތަކުގައި ބައިވެރިވެފައި ނުވާ ކަމަށެވެ.

"އަހަރެން ވޯލްޑް ކަޕްގާއި ޕަފޯމެއް ނުކުރާނަން. އަދި ވޯލްޑް ކަޕްގާއި ޕަފޯމް ކުރުމަށް ބޭއްވި އެއްވެސް މަޝްވަރާއެއްގައި ވެސް އަހަރެންނެއް ބައިވެރިއެއް ނުވަން. އަހަރެން ދުރުގައި ހުރިކަމުގަ ވިޔަސް އަހަރެންގެ ސަޕޯޓު އޮތީ އިންގްލެންޑާއި އެކު އަދި އަހަރެން އިންތިޒާރު ކުރަން ޤަތަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުނު އިރު އިންސާނީ ހައްގުތަކާ ގުޅޭ ހުރިހާ ވައުދުތަކެއް ފުއްދައިދީފައި ވަނިކޮށް އެގައުމަށް ޒިޔާރަތް ކުރުމަށް"، ޑުއާ ލީޕާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައެވެ.

ލިޕާ ވަނީ މިއުޒިކް ވެޓެރަން ރޮޑް ސްޓުވާޓްވެސް ހާމަކޮށްފައިވާ އިހުސާސްތައް ތަކުރާރުކޮށްފައެވެ. ސްޓުވާޓް ވަނީ 1 މިލިއަން ޑޮލަރުގެ ބޯޑު އަދަދަކަށްވެސް އިންކާރުކޮށްފައެވެ. އަދި ޤަތަރަށް ދިޔުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް ސްޓުވާޓް ވަނީ ބުނެފައެވެ.

ލިޕާ މި ރަސްމިއްޔާތުން ފެނިގެން ނުދިޔަ ކަމުގައި ވިޔަސް، ބްލެކް އައިޑް ޕީސް، ޖޭ ބަލްވިން، ރޮބިން ވިލިއަމްސް އަދި ބީޓީއެސް ގްރޫޕުގެ ޖަނގް ކޫކް ބެލުންތެރިންނާއި ހަމަޔަށް ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި ފެނިގެންދާނެއެވެ.

ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.