އެމެރިކާއާއި ޗައިނާގެ ލީޑަރުން އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދާ މަޝްވަރާތަކުގައި ގޯސްވެފައިވާ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން

ދުނިޔެ

ޝީއާއި ބައްދަލު ކުރުމަށްފަހު ބައިޑަންވަނީ ދެވަނަ ފިނި ހަނގުރާމައެއްގެ ބޭނުންނުވާކަމަށް ބުނެފައި

ރާނިއާ - ދުނިޔެ | 16 ނޮވެންބަރު 2022 , ބުދަ 09:41   199

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ދުނިޔޭގެ ގޮންޖެހުންތަކުގައި އެއްބާރުލުން ދޭނެ ކަމަށް ވައުދުވެ، ގައުމީ ލީޑަރުންގެ ގޮތުގައި ފުރަތަމަ 'އިން ޕާސަން' [ސީދާ] ބައްދަލުވުމުގައި އިށީނދެ ތިބެވަޑައިގެން ގުޅުންތައް ރަނގަޅު ކުރަން ޖެހޭ ކަމަށް އެއްބަސްވެފައެވެ.

އިންޑޮނޭޝިޔާގެ ބޭއްވި ޖީ20 ސަމިޓުގެ އެއްފަރާތުން ހޯމަ ދުވަހު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ގިނަ މައްސަލަތަކެއްގެ މައްޗަށް ފުރިހަމަ އަދި ޙައްޞާސް މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ޓައިވާނާއި، ވިޔަފާރިއާއި، ރަޝިޔާއިން ޔޫކްރޭއިން އަށް އަރައިގަތުން ހިމެނޭ ކަމަށް މި މަޝްވަރާތަކުގައި ބައިވެރިވެފައިވާ މަންދޫބުންގެ އޮފިސަތަކުން ވަކިވަކިން ނެރެފައިވާ ބަޔާންތަކުން އެނގިގެން ދެއެވެ.

ތިން ގަޑިއިރުގެ ދިގު ވާހަކަތަކަށް ފަހު ބައިޑަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި "އާ ފިނި ހަނގުރާމައެއް އޮންނަން ނުޖެހޭނެ" ކަމަށެވެ، އަދި އެމީހުންގެ އޮފީހުން ވަނީ ދުނިޔޭގެ މައްސަލަތައް ހައްލުކުރުމުށް ބެއިޖިންގއާއި ވޮޝިންގްޓަންގެ އެއްބާރުލުމުގެ މުހިންމުކަންވެސް ދެ ލީޑަރުން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ ޝިންހުއާ އިން ވެސް ޝީއާ ހަވާލާދީ ބުނެފައި ވަނީ "ދުނިޔޭގެ ސުލްހައަށް އިތުރު އުންމީދެއް ގެނައުމަށާއި، ދުނިޔޭގެ ހަމަޖެހުމަށް އިތުރު އިތުބާރާއި އަދި އާންމު ތަރައްގީއަށް ބާރެއް ގެނައުމުގެ ގޮތުން ދެ ފަރާތުން ހުރިހާ ގައުމަކާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ" ކަމަށެވެ.

މި ބައްދަލުވުމަކީ މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރު ނޭންސީ ޕެލޯސީ ޓައިވާނަށް ޒިޔާރަތް ކުރެއްވުމާއި ޗައިނާއިން އަރައިގަނެފިނަމަ ބެއިޖިން އިން ބުނާ އަމިއްލަ ވެރިކަން ކުރާ ޖަޒީރާ ދިފާއު ކުރައްވާނެ ކަމަށް ބައިޑަން ވައުދުވުމުން ދެގައުމުގެ މެދުގައި ފިތުނަ ބޮޑުވެފައިވުމަށް ފަހު ބޭއްވިގެން ދިޔަ ބައްދަލުވުމެއް ކަމަށްވެސް ފާހަގަކޮށްލެވެއެވެ.

ޓެގްސް: އެމެރިކާ ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.