ޑޮނަލްޑް ޖޯން ޓްރަމްޕް، ސިޔާސީ ބޭފުޅެއް، މީޑިއާ ޝަޚުސިއްޔަތެއް، އަދި ވިޔަފާރިވެރިއެއް ,އޭނާ ވަނީ 2017 އިން 2021 އަށް އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު އަދާކުރައްވާފައި

ދުނިޔެ

ޓްރަމްޕް 2024 އަށް ކެމްޕޭންކުރައްވަން ފައްޓަވައިފި

ރާނިއާ - އެމެރިކާ | 19 ނޮވެންބަރު 2022 , ހޮނިހިރު 11:28   153

ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައިފިކަމަށް ވިދާޅުވެ، "އެމެރިކާގެ އެނބުރިއައުން މިހާރު ފެށޭނެ" ކަމަށް ވައުދުވެވަޑައިގެންފިއެވެ.

ޓްރަމްޕް ވަނީ ވަނީ އޭނާގެ ފްލޮރިޑާގެ އެސްޓޭޓް މަ-ރަ-ލާގޯގައި ގަޑިއެއްހާއިރުގެ ތަގުރީރެއްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާފައެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ރިޔާސީ ދައުރުގާއި އޭނާ ކޮށްދީފައިވާ ކަންތައްތަކާއި، ޖޯ ބައިޑަންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ 'ލޯލައިޓް'ތަކުގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ދައްކަވަމުން ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.

ތަގުރީރު ކުރިއަށް ދިޔަ ވަރަކަށް އޭނާ ދިޔައީ ގިނައިން މައުޟޫއާއި ނުގުޅޭ ވާހަކަ ދައްކަމުންނެވެ. ބޭރުގެ ލީޑަރުންނާ ބެހޭ ވާހަކަތައް ކިޔައިދީ، ދެވަނަ ދައުރެއްގައި ހާސިލް ކުރަން އުއްމީދުކުރާ ކަންކަމާ ބެހޭ ގޮތުން އާ ވައުދުތަކެއް ޓްރަމްޕް ވަނީ އޭނާގެ ތަގުރީރުގާއި ކިޔާދީފައެވެ.

މިތަގުރީރު ބޮޑަށް ފާހަގަކޮށްލެވެނީ ޓްރަމްޕް ދައްކާފާއި ނުވާ ވާހަކަތަކަށެވެ.

ޗައިނާގެ ތެރެއަށް ވަދެގަތް ކަމަށް ބެލެވޭ ވާހަކަ އެއްފަރާތްކޮށް ކުރުކޮށް ވާހަކަ ދެއްކުން ފިޔަވައި، 2020 ވަނަ އަހަރުގެ އިންތިޚާބުގެ ވާހަކައެއް ނުވަތަ އެ އިންތިޚާބު އޭނާގެ އަތުން "ނުހައްގުން ނަގާފައިވާ" ގޮތުގެ ވާހަކައެއް ވެސް އޭނާ ނުދައްކައެވެ.

އަދި ހުގެ ފޭވަރިޓް ޓާގެޓް ސެނޭޓްގެ މައިނޯރިޓީ ލީޑަރު މިޗް މެކްކޮނެލްއާއި، ރިޔާސީ އިންތިހާބުގާއި އޭނާއާއި ދެކޮޅަށް ވާދަކޮށްފާނެ ކަމަށް ބެލެވޭ ރޮން ޑިސަންޓިސް ފަދަ އޭނާގެ އަމިއްލަ ޕާޓީގެ މެމްބަރުންނަށް ވެސް ފާޑުކިޔާފައެއް ޓްރަމްޕް ނުވެއެވެ. ހަގީގަތުގައި އޭނާ ނަންގަނެފައިވާ ހަމައެކަނި ރިޕަބްލިކަން އޮފީސް ހޯލްޑަރަކީ ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓްއެވެ. އަދި އެއީވެސް ހަމައެކަނި ޓްރަމްްޕް 2020 ވަނަ އަހަރުގެ އިންތިހާބުގާއި އެބޮޓްގެ ސްޓޭޓުގާއި ތިބި ހިސްޕެނިކް މީހުންގެ ވޯޓު ކާމިޔާބުކުރުމުން، އެބޮޓްގެ ތައުރީފު އޭނާއަށް ލިބިގެންދިޔަކަން ފާހަގަކޮށްލުމުގެ ގޮތުންނެވެ.

ފަހަރެއްގައި ކުރީގެ ރައީސް ހުންނެވީ ރިޕަބްލިކަން ޕާޓީގެ ލީޑަރުން ހެޔޮ މެސެޖެއް ހުށަހަޅައި، މާޒީ ދުރުގާއި ބޭއްވުމަށްފަހު މުސްތަގުބަލަށް ފޯކަސް ކުރަން ޖެހޭ ކަމަށް އޭނާގެ ޕާޓީގެ ބައެއް ބޭފުޅުންގެ ލަފާއަށް ބޯލަނބާ ކަމަށްވެސް އެކަށީގެންވެއެވެ.

ޓެގްސް: ޑޮނަލްޑް ޓްރަމްޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.