ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ކްރިސްޓަފަރ އެންކުންކޫގެ ޓީމުގެ ޓްރެއިނިން ކޭމްޕްގައި ކުރިއަށްދާ ޓްރެއިނިން ސެޝަނެއްގައި ވެފައިވާ އަނިޔާއަކާއި ގުޅިގެން ދަނޑުން ފައިބަނީ

ކުޅިވަރު

ވޯލްޑް ކަޕް 2022: އަނިޔާއާއިހެދި ކްރިސްޓަފަރ އެންކުންކޫ ފްރާންސް ސްކޮޑުން ނުފެންނާނެ

ރާނިއާ - ޔޫރަޕް | 19 ނޮވެންބަރު 2022 , ހޮނިހިރު 14:00   130

ފްރާންސްގެ ފޯވާޑް ކްރިސްޓަފަރ އެންކުންކޫ އަށް އަންގާރަ ދުވަހު ފަރިތަކުރުންތަކުގައި ލިބިފައިވާ އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕްގާއި އެންކުންކޫ ބައިވެރިނުވާނެއެވެ.

އުމުރުން 25 އަހަރުގެ އެންކުންކޫ އަކީ ބުންޑަސްލީގާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެންކުންކޫ ވަނީ އާރްބީ ލައިޕްޒިގް އަށް ކުޅެދީފައިވާ 15 މެޗުގައި 12 ގޯލް ކާމިޔާބުކޮށްދީފައެވެ.

އަންގާރަ ދުވަހު ބޭއްވުނު ޓްރޭއިނިންގް ސެޝަނުގާއި އެޑޫއާޑޯ ކަމަވިންގާ އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރުމުގެ ތެރެއިން އެންކުންކޫ ވަނީ ފަޔަށް ތަދެއް އަރާފައެވެ. އާރުބީ ލައިޕްޒިގްގެ ފޯވާޑް ވަގުތުން ތަދުވާ ކަމުގެ އިޝާރާތެއް ދީގެން ފަރުވާ ހޯދުމަށް ޓްރެއިނިން ދަނޑުން ވަނީ ފައިބާފައެވެ.

ފްރާންސްގެ ސްކޮޑް ބުދަ ދުވަހު ގަތަރަށް ދަތުރުކުރާއިރު، ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ޑިފެންޑިން ޗެމްޕިއަން ފްރާންސްގެ ޓީީމުން ފެނިގެން ނުދާނެ ހައި ޕްރޮފައިލް ކުޅުންތެރިންގެ ލިސްޓުގައި އެންމެ ފަހުން ހިމެނެނީ އެންކުންކޫ އެވެ. ހަމައެހެންމެ މީގެ ތެރޭގައި މިޑްފީލްޑަރުން ޕޯލް ޕޮގްބާ އާއި އެންގޯލޯ ކާންޓޭ އަދި ޑިފެންޑަރު ޕްރެޒްނަލް ކިމްޕެމްބޭވެސް ހިމެނެ އެވެ.

ންކުންކޫގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިއެއްގެ ނަން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ޓެގްސް: ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.