މިދިޔަ މަހު ގޫގުލް އިން ވަނީ ލޮކޭޝަން ޑޭޓާ އެއްކުރާ ގޮތާއި ގުޅޭ މިފަދަ މައްސަލަތަކާ ގުޅިގެން އެރިޒޯނާއަށް 85 މިލިއަން ޑޮލަރު ދޭން އެއްބަސްވެފައި

ޓެކްނޯލޮޖީ

ގޫގުލް، 391 މިލިއަން ޑޮލަރުގެ ޕްރައިވެސީ ސެޓްލްމަންޓެއް ދައްކަންޖެހިއްޖެ

ރާނިއާ - އެމެރިކާ | 19 ނޮވެންބަރު 2022 , ހޮނިހިރު 14:04   172

ގޫގުލް އިން ވަނީ އެޚިދުމަތް ބޭނުންކުރާ ފަރާތްކުގެ މަޢްލޫމާތު އެއްކުރާ ގޮތާއި ގުޅޭގޮތުން ކުރާ ތުހުމަތުތައް ހައްލު ކުރުމުގެ ގޮތުން 391.5 މިލިއަން ޑޮލަރު (330 މިލިއަން ޕައުންޑް) ދައްކަންޖެހިފައެވެ.

ޓެކްނޮލޮޖީ ޖަޔަންޓް ކުންފުނިން ވަނީ ލޮކޭޝަން ސާވިސްތައް ނިއްވާފާއި ޔޫޒަރުންގެ ލޮކޭޝަން އެމީހުންގެ ޑިވައިސްތަކުން ޓްރެކްކޮށްފައިކަމަށް އެމެރިކާގެ 40 ސްޓޭޓަކުން ވަނީ ބުނެފައެވެ.

މިއީ އެމެރިކާގެ ތާރީހުގައި ވެސް ޕްރައިވެސީއާ ގުޅުން ހުރި އެންމެ ބޮޑު މަލްޓީ ސްޓޭޓް ސެޓްލްމަންޓެވެ.

ޔޫޒަރެއްގެ ލޮކޭޝަން އެނގުމަކީ އިޝްތިހާރު ކުރާ ފަރާތްތަކަށް ޕްރޮޑަކްޓްތައް ޓާގެޓް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ލޮކޭޝަން ސާވިސަސްތަކުގެ އެހީގައި ގޫގުލް އަށް އަހަރަކު 200 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިޝްތިހާރުން ލިބިދެއެވެ.

މި މައްސަލައިގާއި އިސްކޮށް އުޅުއްވި އޮރެގަންގެ އެޓާނީ ޖެނެރަލް އެލެން ރޮސެންބްލަމް އަދި ނެބްރަސްކާގެ އެޓާނީ ޖެނެރަލް ޑަގް ޕީޓާސަންއެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން ގޫގުލް އިން ވަނީ ޔޫޒަރުންގެ ޕްރައިވެސީއަށް ވުރެ ފައިދާ އަށް އިސްކަން ދީފައިކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެޓާނީ ޖެނެރަލުން ވިދާޅުވީ ގޫގުލް އިން ގާތްގަނޑަކަށް 2014 ވަނަ އަހަރުން ފެށިގެން ލޮކޭޝަން ޓްރެކިންއާ ބެހޭ ގޮތުން ކޮންސިއުމަރުންނަށް އޮޅުވާލަމުން އަންނަނީ ސްޓޭޓްގެ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އެ ކުންފުންޏަށް ވަނީ 2023 ވަނަ އަހަރުން ފެށިގެން ޔޫޒަރުންގެ ކޮންޓްރޯލްތަކާއި ލޮކޭޝަން ޓްރެކިން ހާމަކުރާ ގޮތް ވަރަށް ބޮޑަށް ރަނގަޅު ކުރުމަށް އަންގާފައެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.