ޔޫރަޕްގެ ގިނަ ސަރުކާރުތަކުން ވަނީ ޒުވާނުންގެ މެދުގައި ހެއްވާ ގޭސް ބޭނުންކުރުން އިތުރުވަމުންދާތީ ކަންބޮޑުވަން ފާޅުކޮށްފައި

ދުނިޔެ

ނެދާލޭންޑްސް އިން ޖެނުއަރީ އިން ފެށިގެން 'ލާފިން ގޭސް' މަނާކުރަނީ

ރާނިއާ - ޔޫރަޕް | 19 ނޮވެންބަރު 2022 , ހޮނިހިރު 12:39   330

އާންމުކޮށް ހެއްވާ ގޭހުގެ ނަމުން މަޝްހޫރު، ނައިޓްރަސް އޮކްސައިޑް ބޭނުންކުރުން ނެދާލޭންޑްސްގެ ސަރުކާރުން ދަނީ މަނާކުރަމުންނެވެ. ހެއްވާ ގޭސް ބޭނުންކުރާ ޒުވާނުންގެ އަދަދު އިތުރުވެފައިވުމާއެކު ސިއްހީ ނުރައްކާތަށް ފެންމަތިވެ ކަންބޮޑުވުންތަކެއް އުފެދިފައިވުމަކީ މިގޭސް ބޭނުންކުރުން މަނާ ކުރާ މައިގަނޑު ސަބަބެވެ.

ޖެނުއަރީ މަހުން ފެށިގެން ގޭސް ގަތުމާއި ވިއްކުމާއި ނުވަތަ ގޭހުގެ މިލްކުވެރިވުމަކީވެސް ގާނޫނާ ހިލާފު ކަމެއް ކަމަށް ނެދާލޭންޑްސްގެ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އަދިވެސް ބޭސްވެރިކަމާއި ކާބޯތަކެތީގެ ސިނާއަތުގައި މިގޭސް ބޭނުންކުރެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

އަދި ނައިޓްރަސް އޮކްސައިޑް މަނާކުރުމުގެ ސަބަބުން މިގޭހާއި ގުޅިގެން ހިނގަމުން އަންނަ އެއްގަމު ޓްރެފިކް އެކްސިޑެންޓްތައް މަދުވާނެ ކަމަށް ވެސް ސަރުކާރުން އުންމީދު ކުރެއެވެ.

'ރޯޑް ސޭފްޓީ މޮނިޓަރ ޓީމްއެލާޓް' އިން ބުނާ ގޮތުގައި ފާއިތުވި ތިން އަހަރު ތެރޭގައި މުޅި ނެދާލޭންޑްސްގާއި ހިނގި 1،800 އެކްސިޑެންޓްގައި ހެއްވާ ގޭހުގެ ދައުރެއް ވާކަމަށެވެ.

ގާނޫނާއި ހިލާފުނޫން 'ހައި'ގެ މަގުބޫލުކަން ފާއިތުވި އަހަރުތަކުގައި ކްލަބްތަކަށް ދާމީހުންނާއި، ފެސްޓިވަލްތަކަށް ދާ މީހުންގެ މެދުގައި ވަނީ މަޝްހޫރުވެފައެވެ. އަދި ނައިޓްރަސް އޮކްސައިޑް ގިނައިން ބޭނުންކުރަނީ އެމްޑީއެމްއޭ (އެކްސްޓަސީ)، ނުވަތަ ކެޓަމީން ފަދަ އެހެން މަސްތުވާތަކެއްޗާއި އެކުގައެވެ.

ޑިޕްރެސެންޓެއް ފަދަ މިގޭހުގެ ސަބަބުން ސިކުނޑިއަށާއި، ހަށިގަނޑަށް ކަންބޮޑުކުރަނިވި އަސަރުތަކެއް ކުރެއެވެ. ނައިޓްރަސް އޮކްސައިޑް ގިނައިން ބޭނުންކުރުމަކީ ވިޓަމިން މަދުވެ، ދާއިމީ ގޮތެއްގައި ނާރުތަކަށް ގެއްލުން ލިބި ދިގުދެމިގެންދާ ގޮތަށް ޕެރެލިސިސް އަށް މަގު ފަހިކޮށްދޭކަމެކެވެ.

ޓެގްސް: ޔޫރަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.