ދިރާގު ޓީވީ، ރާއްޖޭއަށް އެންމެ ފުރަތަމަ 4ކޭ ޗެނަލްތައް ގެނެސްދީފައިވާ ކުންފުނި

ހަބަރު

ދިރާގު ޓީވީ ހުއްޓާލަންޖެހޭ ގޮތަށް ފާސްކުރި ރީބްރޯޑްކާސްޓްކުރުމެ ގާނޫނަށް އިސްލާހު ގެނައުމަށް އަންގައިފި

ރާނިއާ - ދިވެހި ރާއްޖެ | 19 ނޮވެންބަރު 2022 , ހޮނިހިރު 14:11   405

މިދިޔަ މަހު ފާސްކޮށްފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ސަބަބުން ދިރާގު ޓީވީގެ ހިދުމަތް މެދުކަނޑާލެވިގެން ދާނެއެވެ. އެހެންކަމުން މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ މިގަވާއިދު އިސްލާހު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އަންގައިފައެވެ.

އަދި މިގަވާއިދު އިސްލާހުކުރުމަށް ބްރޯޑްކޮމް އަށް އަންގަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއިންނެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ދެން ދެވޭނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަށް ކަމަށް ބުނެފައެވެ.

އަދި ދިރާގުގެ މެޖޯރިޓީ ހިއްސާދާ އޮންނަނީ، ބަރްހައިނުގެ ކުންފުންޏެއްކަމަށްވާ ބަޓެލްކޯގައެވެ. އަދި މިހެންކަމުން ދިރާގު ޓީވީއިން ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސަށް ޝަރުތު ހަމަނުވެއެވެ.

މިއިސްލާހަށް ބަދަލެއް ނުގެނެސް، ނުވަތަ މިއިސްލާހު އުވާއިނުލި ކަމުގާއި ވާނަމަ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިރާގު ޓީވީގެ ހިދުމަތެ މެދުކަނޑާލެވޭނެއެވެ.

ބްރޯޑްކާސްޓް ކުރުމުގެ މިގަވާއިދު ގާނޫނާއި ހިލާފުކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއިން ވަނީ ނިންމާފައެވެ. އެހެންކަމުން މިގޮތަށް މި އިސްލާހު ފާސް ކުރުމަކީ މީޑިއާނެޓުން މިދާއިރާއިން މޮނޮޕޮލައިޒް ކުރުމަށް ދީފައިވާ ފުރުސަތެއް ކަމަށާއި އަދި ބްރޯޑްކޮމްގެ ބައެއް މެންބަރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުވެސް ވަނީ އުފުލާފައެވެ.

ޓެގްސް: ދިރާގު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.