1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް އާއި ދެކޮޅަށް އާޖެންޓީނާ ކުޅެފައިވާ މެޗުގާއި ބޭނުންކުރި“ހޭންޑް އޮފް ގޯޑް” ގޯލް ޖެހުމަށް ޑިއޭގޯ މަރަޑޯނާ ގެންގުޅުނު ބޯޅަ ބުދަ ދުވަހު ބޭއްވި ނީލަމުގައި ވިއްކާލެވިފައިވަނީ 3.27 މިލިއަން ޑޮލަރަށެވެ.
މިފަހުން ހުދުކުލައިގެ އެޑިޑާސް “އެޒްޓެކާ” ބޯޅަވީ ޓިއުނީޝިއާގެ މިމެޗުގެ ރެފްރީ އަލީ ނާސިރު އަތުގައެވެ.
ނީލަން ކިޔާފައިވާ މި ބޯޅައަކީ އެޒްޓެކް ޙަޟާރަތުގެ އާކިޓެކްޗަރ އާއި މީރަލްތަކަށް ބިނާކޮށް ހަދާފައިވާ ބޯޅައެކެވެ. ފުޓްބޯޅައިގައި ގިނަ ބޯޅަ ނިޒާމު ފެށުމުގެ އަހަރުތަކެއް ކުރިން ހިނގި ގޮތަށް 1986 ވަނަ އަހަރު އާޖެންޓީނާ އާއި އިންގްލެންޑް ކުޅުނު މެޗުގެ ފުރިހަމަ 90 މިނިންޓަށް ވަނީ މިބޯޅަ ބޭނުންކޮށްފައެވެ.
ބޯޅަ ނީލަމަށް ލުމުގެ ކުރިން ނާސިރު ބުނީ މިއީ އޭނާ ދެކޭގޮތުގާއި ދުނިޔެއާއި މިބޯޅަ ހިއްސާ ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި މިބޯޅަ ގަންނަ ފަރާތް(ހާމަކޮށްފައި ނުވާ) މިބޯޅަ އާންމު ޑިސްޕްލޭއެއްގައި ބަހައްޓަދޭނެ ކަމަށްވެސް ނާސިރު ވަނީ ބުނެފައެވެ.
މީގެ ހަ މަސް ކުރިން މެކްސިކޯ ސިޓީގައި ބޭއްވި ތާރީހީ ކުއާޓާ ފައިނަލުގައި މަރަޑޯނާ ލައިގެން ހުރި ޖާޒީ ނީލަމުގައި ވިއްކާލެވިފައިވަނީ ގާތްގަނޑަކަށް 9.3 މިލިއަން އެމެރިކާ ޑޮލަރަށެވެ. މިއީ ސޮތެބީސް އިން ލަފާކޮށްފައިވާ އަދަދުގެ ދެގުނަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
މެއި މަހު ނީލަމުގައި ވިއްކާފައިވާ ޖާޒީ ގަތަރުގައި އަންނަ އާދީއްތަ ދުވަހު ފަށާ ވޯލްޑް ކަޕް 2022 ގެ ތެރެއިން ދައްކާލެވިގެން ދާނެއެވެ.