ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ކައިރިން ހިނގާފައިދާ މަސައްކަތްތެރިން

ކުޅިވަރު

ވޯލްޑް ކަޕް, ޑެންމާކުގެ ފިލްމު ކްރޫއަކަށް އިންޒާރު ދިނުމާއި ގުޅިގެން ޤަތަރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މައާފަށް އެދިފައި

ރާނިއާ - މެދުއިރުމަތި | 19 ނޮވެންބަރު 2022 , ހޮނިހިރު 14:18   139

ޤަތަރުގެ ސުޕްރީމް ކޯޓުގެ ކޮމިޓީއިން ވަނީ ވޯލްޑް ކަޕްގެ ކުރިން ވެރިރަށް ދޯހާގައި ބްރޯޑްކާސްޓް ކުރަމުން ދަނިކޮށް ޑެންމާކުގެ ފިލްމު ކްރޫއަކަށް ސެކިއުރިޓީ ސްޓާފުން އިންޒާރު ދީފައިވާ ވީޑިއޯއެއް އާންމު ވެފައިވުމާއިއެކު މާފަށް އެދިފައެވެ.

ކަޓަރާ ކަލްޗަރަލް ވިލެޖުގައި އަލަށް ހުޅުވި ޗެޑީ ހޮޓަލުގެ ކައިރީގައި، ޓީވީ2 ގެ ރިޕޯޓަރު ރަސްމަސް ޓެންތޯލްޑްތް ލައިވް ބްރޯޑްކާސްޓެއްގެ ތެރެއިން ވާހަކަ ދައްކަވަމުން ދަނިކޮށް ގޯލްފް ބަގީއެއްގައި ތިބި ސެކިއުރިޓީ ސްޓާފުން ވަނީ އޭނާއާއި ދިމާއަށް ގޮސްފައެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އެ ފޫޓޭޖުގައި ޓެންތޯލްޑްތް ސެކިއުރިޓީ އޮފިޝަލުންނާ ވާހަކަ ދައްކަމުދާތަން ފެނިގެންދެއެވެ. އަދި ޓެންތޯލްޑްތް އޭނާގެ އެކްރެޑިޝަންތައް ދެއްކުމަށް ފަހު އެމީހުން އޭނާގެ ކެމެރާ ހަލާކުކޮށްލަން އުޅޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މުޅި ދުނިޔެއަށް ދައުވަތު ދީފައިވާ ތަނެއްގައި ފިލްމް ނުކުުރެވޭނީ ކީއްވެހޭ ޓެންތޯލްޑްތް ސުވާލު ކުރިތަންވެސް ކެމެރާއިން ފެނިގެން ދިޔައެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓިންގ ރައިޓްސް ޤަތަރަށް ދޭން ނިންމުމާ ގުޅިގެން ގިނަ ބައެއް ވަނީ މައްސަލަޖައްސާފައެވެ.

މީގެ 12 އަހަރު ކުރިން ޤަތަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ހުއްދަ އިއުލާން ކުރި ފަހުން ކޮރަޕްޝަނާއި އިންސާނީ ހައްގުތަކާ ހިލާފުވުމުގެ ތުހުމަތުތަކެއް ފެންމަތި ވެފައިވާއިރު، ހޯސްޓް ގައުމުން ޒިޔާރަތްކުރާ މީހުންނާ މެދު އަމަލުކުރާ ގޮތް ވަރަށް ބޮޑަށް ބެލިގެންދާނެއެވެ.

ޓެގްސް: ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.