ޕިއާސް މޯގަންއަށް ދިން އިންޓަވިއުއަށް ފަހު ރޮނާލްޑޯގެ ޕޯސްޓަރު އޯލްޑް ޓްރެފޯޑުން ނަގަމުންދާ ފޮޓޯތަކަށް މީހުންގެ ސަމާލުކަން ވަނީ ލިބިފައި

ކުޅިވަރު

މެންޗެސްޓާ ޔުނައިޓެޑް، އޮލްޑް ޓްރެފޯޑުން ރޮނާލްޑޯގެ ޕޯސްޓަރު ނަގައިފި

ރާނިއާ - ޔޫރަޕް | 19 ނޮވެންބަރު 2022 , ހޮނިހިރު 14:30   289

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮޑު ކުރެހުމެއް އޯލްޑް ޓްރެފޯޑްގެ ކުރިމަތިން ނަގައިފައެވެ.

ރޮނާލްޑޯގެ ޕޯސްޓަރު އުނިކުރުމުން މި ހަފްތާ ބަންދުގެ ކުރިން އެ ޕޯސްޓަރުގެ ބަދަލުގައި ރަގްބީ ލީގު ވޯލްޑް ކަޕް ބްރޭންޑިންގ ހަރުކުރެވިގެން ދާނެއެވެ.

އުމުރުން 37 އަހަރުގެ ޕޯޗުގަލް ފޯވާޑްގެ މީރަލް އޯލްޑް ޓްރެފޯޑްގެ ގޯތިތެރެއިން ނަގަން އެހީތެރިވުމުގެ ގޮތުން ބުދަ ދުވަހު ޔުނައިޓެޑްގެ ދަނޑުގައި ކްރޭންތައް ވަނީ ހަރަކާތްތެރި ވެފައެވެ. އަދި ޕިއާސް މޯގަން އާއި އެކު ކުޅުންތެރިޔާގެ އިންޓަވިއުގެ ފުރަތަމަ ބައި ފެނިގެން ދިޔަ ދުވަހުވެސް މި ކްރޭންތައް ދިޔައީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ނަމަވެސް ހޮނިހިރު ދުވަހު އެ ދަނޑުގައި ފިރިހެން އަދި އަންހެން ރަގްބީ ލީގު ވޯލްޑް ކަޕްގެ ފައިނަލް ކުޅޭކަމަށް ވާތީ، މި ހަފްތާގައި އަބަދުވެސް ޕޯސްޓަރު ނަގަން އޮތީ ހަމަޖެހިފައި ކަމަށް މެންޗެސްޓާ އީވްނިންގ ނިއުސް އިން ވަނީ ބުނެފައެވެ.

ވެންގާޑުން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސް ފަހަރު ބެލޮންޑިއޯ ހާސިލްކުރި ކުޅުންތެރިޔާގެ ދަރިން ޕޯޗުގަލް ސްކޫލެއްގައި ރަޖިސްޓްރީ ކުރުމުން ވަނީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ފަހު މެންޗެސްޓާ ޔުނައިޓެޑާއި އީޕީއެލް ދޫކޮށްލާނެ ކަމުގެ ބިރު އިތުރަށް ބޮޑު ކޮށްފައެވެ.

ޓެގްސް: މެންޗެސްޓަރ ޔުނައިޓެޑް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.