ސްރީލަންކާގެ ރައީސް އަދި ދެކުނު އެފްރިކާގެ ރައީސް

ދުނިޔެ

ދެކުނު އެފްރިކާގެ ރައީސް ލަންކާގައި އުފަންދުވަސް ފާހަގަކުރައްވައިފި

ރާނިއާ - ލަންކާ | 19 ނޮވެންބަރު 2022 , ހޮނިހިރު 14:32   163

ދެކުނު އެފްރިކާގެ ރައީސް ސިރިލްރަމަފޯސާ ވަނީ ކުރު މުއްދަތަކަށް ބުދަ ދުވަހުގެ ރޭ ލަންކާއަށް ވަޑައިގެންފައެވެ.

އެމަނިކުފާނު ލަންކާއަށް ވަޑައިގެންނެވީ އިންޑޮނޭޝިއާގައި ބޭއްވި ޖީ20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ދެކުނު އެފްރިކާއަށް އެނބުރި ވަޑައިގަތުމުގެ ތެރޭގައެވެ.

ދެކުނު އެފްރިކާގެ ރައީސް ވަނީ ކަޓޫނަޔަކޭ އެއާފޯސް ބޭސްގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާއާއި ބައްދަލުކުރައްވައި ދެ ގައުމުގެ މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އިގްތިސާދީ އެއްބާރުލުމާއި އިންވެސްޓްމަންޓަށް އަމާޒުކޮށްގެން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އަދި މީގެ އިތުރުން ލަންކާގައި ފަތުރުވެރިކަން ފުޅާކުރުމާއި، މުޖުތަމައުތަކުގެ މެދުގައި ދެމިއޮންނަ ސުލްހައެއް ގާއިމްކުރުމަށް ގަބޫލުކުރެވޭ ހަގީގަތް ހޯދުމުގެ ނިޒާމެއް ގާއިމްކުރުމުގައި ދެކުނު އެފްރިކާގެ އެހީތެރިކަމާއި އިރުޝާދާއި ކައުންސެލިންވެސް ލިބިގެންދާނެ ކަމަށް ދެކުނު އެފްރިކާގެ ރައީސް ވަނީ ވިދާޅުވެފައެެެވެ.

ލަންކާއިން ވަނީ ދެކުނު އެފްރިކާގެ ރައީސްގެ އުފަންދުވަސްތައް ފާހަގަކޮށްފައި ކަން ވެސް ބައެއް މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ.

ޓެގްސް: ސްރީލަންކާ ދެކުނު އެފްރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.