ސަފީރު ޑރ.ޕަލިތާ ކޮހޯނާ ވަނީ ބެއިޖިންގ ސްޕްރިންގ ޓްރެވަލް ސާވިސް ކޯ ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ޔަންގް ޔަންގް އާއި ބައްދަލުކުރައްވައިފައި

ދުނިޔެ

ލަންކާ، ޗައިނާގެ 1 މިލިއަން ފަތުރުވެރިންނަށް އަމާޒުހިފައިފި

ރާނިއާ - ލަންކާ | 19 ނޮވެންބަރު 2022 , ހޮނިހިރު 14:21   171

ޗައިނާގައި ލަންކާގެ ފަތުރުވެރިކަން މެދުނުކެނޑި ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، ބެއިޖިންގައި ހުންނަ ސްރީލަންކާގެ އެމްބަސީއިން ވަނީ ޗައިނާގެ ދަތުރުފަތުރުގެ ހުރަސްތަކަށް ލުއިތަކެއް ދިނުމަށް ފަހު ޗައިނާގެ އެއް މިލިއަން ފަތުރުވެރިން ލަންކާއަށް ޒިޔާރަތް ކުރުމަށް އަމާޒު ހިފާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ދެ ގައުމުގެ އެއްބާރުލުން އިތުރަށް ދިނުމުގެ ގޮތުން ސަފީރު ޑރ ޕަލިތާ ކޮހޯނާ ވަނީ ބެއިޖިން ސްޕްރިންގް ޓްރެވަލް ސާވިސް ކޯ ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު އަލްފާޟިލް ޔަންގް ޔަންގް އާއި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ބައްދަލުކުރައްވާފައެވެ.

ސަފީރު ޑރ.ކޮހޯނާ ވިދާޅުވީ ޗައިނާގެ ބާޒާރުގައި ލަންކާ އަކީ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ހެދުމަށް ކުރެވެން ހުރި ހުރިހާ ގޮތެއް ވެސް އެމްބަސީއިން ދަނީ ހޯދަމުންނެވެ. އޭގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް އެދުންވެސް ހިމެނެއެވެ.

ޖެނެރަލް މެނޭޖަރު ޔަންގް ވިދާޅުވީ ބެއިޖިން ސްޕްރިންގް ޓްރެވަލް ސާވިސް ކޯ ލިމިޓެޑަކީ ބެއިޖިން އަދި ޝަންގްހާއީގެ ގަދަ 10 ޓްރެވަލް ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެއް ކަމަށެވެ. މިގޮތުން އެކުންފުނި އަކީ ޗައިނާ ސަރުކާރާއި ޓްރެވަލް ޓްރޭޑުން އެތައް ފަހަރަކު އެވޯޑް ސެޓްފިކެޓްތައްވެސް ދީފައިވާ ކުންފުންޏެކެވެ. ސްޕްރިންގް ޓްރެވަލްގެ އަހަރީ ވިޔަފާރި 2019 ވަނަ އަހަރު 24.5 ބިލިއަން ރުޕީސް (3.5 ބިލިއަން ޑޮލަރު) އަށް އަރާފައިވެއެވެ. ހަމަ އެހެންމެ ސްޕްރިންގް އެއާލައިންސްގެ އަގު 50 ބިލިއަން ރުޕީސް އަށް އަރައެވެ.

ލަންކާގެ ދަތުރުފަތުރުގެ ވިޔަފާރީގައި މިހާރުވެސް މި ސްޕްރިންގް ޓްރެވަލް ސާވިސް ކޯ ލިމިޓެޑަކީ ލަންކާގެ ލޯކަލް ޓްރެވަލް ކުންފުނިތަކާއި ގުޅިފައިވާ ކުންފުންޏެކެވެ. ކޮވިޑް-19 ގެ ކުރިން ލަނކާއަށް ގްރޫޕް ޒިޔާރަތްތަކެއްވެސް ސްޕރިނަގް ޓެރެވެލް އިން ވަނީ އިންތިޒާމް ކޮށްފައެވެ. ސްޕރިންގް އެއާލައިންސް އަކީ މިކުންފުނީގެ ދަށުން 11- މަތިންދާބޯޓު (އޭ320) ހިމެނޭ ގޮތަށް އެކުލަވާފައިވާ ކުންފުންޏެކެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.