2020 ވަނަ އަހަރު ލަންކާއިން ވަނީ ގާތްގަނޑަކަށް 326 ޓަނުގެ ސީކިއުކަމްބާ އެކްސްޕޯޓްކޮށްފައި

ދުނިޔެ

ލަންކާގާއި ހުއިފިލަނޑާ އާލާކުރަން ޗައިނާއިން އިންވެސްޓުކުރަނީ

ރާނިއާ - ލަންކާ | 20 ނޮވެންބަރު 2022 , އާދީއްތަ 08:42   162

އެކެއުމުގެ ސަބަބުން ކަސްރަތު ކުރުމުގެ ޕަފޯމަންސް ރަނގަޅުވުމުގެ އިތުރުން ވަރުބަލި ކަމުގަ އަސަރު ކުޑަ ކޮށްދޭ ހުއިފިލަނޑާ ނުވަތަ ސީކިއުކަމްބާ އާލާކުރުމަށް ޗައިނާއިން ވަނީ ސްރީލަނކާއަށް އިންވެސްޓް ކުރަން ނިންމާފައެވެ.

މިބާވަތުގެ ސީކިއުކަމްބާ އަކީ ވަރުބަލިކަން ފިލުވުމުގެ އިތުރަށް، ހުޅުތަކުގާއި ވަރުޖައްސާއި، މެޓަބޮލައިޓް ޖަމާކުރާ އަދަދު މަދުކޮށް، މަސްތަކަށް ލިބޭ އަނިޔާ މަދުކޮށް އަދި މަސްތަކުގެ ގްލައިކޯޖަން އަދި އެނާޖީ މެޓަބޮލިޒަމް އިތުރުކޮށް ދިނުމަށް މަޝްހޫރު އެއްޗެކެވެ.

ޗައިނާއިން ބޭނުންވަނީ މިބާވަތުގެ ސީކިއުކަމްބާ ލަންކާއިން ޗައިނާއަށް އެކްސްޕޯޓް ކުރުމަށެވެ. ޗައިނާގެ ޖޮއިންޓް ވެންޗާ ކުންފުނި، ގުއި ލާން (ޕްރައިވެޓް) ލިމިޓެޑުން މީގެ ކުރިން ވެސް ވަނީ އާޓިފިޝަލް ބްރީޑިން ޕްރޮޑަކްޝަން ފެސިލިޓީ (ހެޗަރީ) އެއް ޖަފްނާގެ އައްސޭރިފަށުގެ އަރިޔަލައިގެ އަވަށުގާއި ގާއިމްކޮށްފައެވެ. އަދި މި ހެޗަރީއިން ޖުވެނައިލް ކިއުކަމްބާ ސްޓޮކް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށްވެސް ޖިއޯޕޮލިޓިކް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ލަންކާގެ މޫސުމަކީ ސީކިއުކަމްބާ އުފެއްދުމަށް އެކަށީގެންވާ މާހައުލެއް ކަމުގައިވިޔަސް، ސީކިއުކަމްބާ ފާމްކުރުން ފުޅާ ދާއިރާއެއްގާއި ކުރިއަށް ގެންގޮސްފި ނަމަ ލަންކާގެ މެރިން އިކޮލޮޖީއަށް އޭގެ ސަބަބުން ގެއްލުން ދައްކާނެއެވެ.

މި އެކްވާ ކަލްޗާ މަޝްރޫއުގެ ސަބަބުން އެމީހުންގެ ދިރިއުޅުމާއި ލޯކަލް މެރިން އިކޯލޮޖީ އަދި ބިމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ ލަންކާގެ ދަނޑުވެރިން ވަނީ މިކަމާއި ގުޅިގެން ކަން ބޮޑުވުންތަކެއް ވެސް ފާޅުކޮށްފައެވެ.

ލަންކާގެ ހަލާކުވެފައިވާ އިގްތިސާދު ރަނގަޅުކުރުމުގެ ގޮތުން އެމީހުން މިހާރު ޗައިނާއިން ބުނާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރުކަން ޔަގީނެވެ. އެހެންކަމުން ޗައިނާއިން ސީކިއުކްމަބާ ފާމްކުރުމްށް ދޭ މި އިންވެސްޓްމެންޓަކީ ލަންކާގެ ސަރުކާރުން އުފަލާއި އެކު އެއްބަސް ވާނެ މަޝްރޫއެއް ކަން ކަށަވަރެވެ.

ޓެގްސް: ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.