ދިވެހި ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސޮނެވާ ޖާނީ

ވިޔަފާރި

ފާއިތުވެދިޔަ 4 އަހަރުތެރެއިން އެންމެ ގިނަ ރިސޯޓްތައް ހުޅުވުނީ 2019 ވަނަ އަހަރު

ރާނިއާ - ދިވެހި ރާއްޖެ | 20 ނޮވެންބަރު 2022 , އާދީއްތަ 08:57   375

ފާއިތުވެގެން ގޮސްފައިވާ 4 އަހަރު އަލަށް 33 ރިސޯޓު ހުޅުވައި، ފަތުރުވެރިކަމަށް 9497 އެނދު ނެރެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފާއިތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި އެންމެ ގިނަ ރިސޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުއެވެ. މިގޮތުން 2019 ވަނަ އަހަރު 18 ރިސޯޓު ހުޅުވާފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރު އަލަށް ހުޅުވާފައިވަނީ އެންމެ 3 ރިސޯޓު ކަމަށް ވެސް ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ފާއިތުވެދިޔަ 4 އަހަރު މިވީ މުއްދަތުގެ ތެރޭގައި ރިކޯޑު އަދަދަކަށް ފަތުރުވެރިކަމުގެ އެނދުވެސް އިތުރުވެފައިވެއެވެ. މިގޮތުން 2018 އިން ފެށިގެން 2022 އާއި ހަމަޔަށް ފަތުރުވެރިކަމުގެ 9497 މިސަރުކާރުން ވަނީ ނެރެފައެވެ. އަދި އެންމެ މަދު އެނދު ނެރެފައިވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރެވެ. މި އަހަރުތަކުގެ ތެރޭގައި ނެރެފައިވަނީ އެންމެ 751 އެނދެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ވަނީ ބައިނަލްއަގްވާމީ ކުރި އެރުންތަކެއްވެސް ހޯދާފައެވެ. މިގޮތުން ރާއްޖެއިން ވަނީ ޖެހިޖެހިގެން 3 ފަހަރު ލީޑިން ޑެސްޓިނޭޝަން އެވޯޑު ދުނިޔޭގެ ފަތުރުވެރިކަމުގާއި ފަހާގަކޮށްލެވޭ އެހެން މަންޒިލްތަކާއި ވާދަކޮށް ހޯދާއިފައެވެ. އަދި ޖެހިޖެހިގެން 3 ފަހަރު މި އެވޯޑު ރާއްޖެއިން ހޯދައިފައިވެއެވެ.

ޓެގްސް: ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.