ލުއިސް އެންރިގޭ މާޓިނޭޒް ގާސިއާ، ސްޕެއިންގެ ގައުމީ ޓީމުގެ މިހާރުގެ ހެޑް ކޯޗު

ކުޅިވަރު

ލުއިސް އެންރީކޭ އުންމީދު ކުރަނީ ސްޕޭއިން ބަލިވެއްޖެ ނަމަ އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް

ރާނިއާ - ޔޫރަޕް | 19 ނޮވެންބަރު 2022 , ހޮނިހިރު 15:02   246

މި ހަފްތާ ބަންދުގައި މުބާރާތް ފެށުމުގެ ކުރިން ވޯލްޑް ކަޕާ ބެހޭ ގޮތުން ސަޕޯޓަރުންނާ ވާހަކަ ދައްކަން ވައުދުވި ގޮތަށް ލުއިސް އެންރީގޭ ވަނީ ޓްވިޗް ޕްލެޓްފޯމުގާއި ވާހަކަ ދައްކާފައެވެ.

ކޯޗު ވަނީ ސަޕޯޓަރުން ޝާއުގިވެރިވާނެ ގިނަ ވާހަކަތަކެއް ދައްކާފައެވެ. އޭގެ ތެރޭގައި ސްޕޭއިން އިން ޤަތަރުގައި ބޭއްވިގެންދާ ވޯލްޑް ކަޕް ކާމިޔާބު ނުލިބިއްޖެޔާ އެންރީގޭ ދެން ސަޕޯޓު ކުރާނެ ޓީމަކީ ކޮބާއިކަން ވެސް އޭނާ ވަނީ ފާޅުކުރައްވާފައެވެ.

" އަހަރުމެން މޮޅު ނުވި ކަމުގައި ވާނަމަ އަހަރެންގެ ސަޕޯޓު މިފަހަރު އޮންނާނީ އާޖެންޓީނާއަށް. މެސީ ފަދަ ނަން މަޝްހޫރު އަދި މޮޅު ކުޅުންތެރިޔެއް މޮޅެއް ނުލިބި ރިޓަޔާ ކުރުމަކީ އިންސާފުވެރި ކަމެއް ނޫން"، އެންރީގޭ ވަނީ ސަޕޯޓަރުންނާއި ވާހަކަ ދައްކަމުން ބުނެފައެވެ.

އަދި ހޯސޭ ލުއިސް ގާއްޔާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ ފުރާވަރުގެ ކުޅުންތެރިޔާ އަލެހާންޑްރޯ ބާލްދޭ، އޭނާގެ ސްކޮޑުގައި ކުޅޭނެކަމާއި ބެހޭ ގޮތުން ވެސް އެންރީގޭ ވާހަކަ ދެއްކިއެވެ.

މިމުބާރާތުގެ ތެރޭގައިވެސް އެންރީގޭގެ އިތުރު ވާހަކަތައް އޭނާގެ ޓްވިޗް އިން ފެނިގެންދާނެއެވެ، އަދި ސްޕޭއިން އިން ވަނީ ބުދަ ދުވަހު އެމީހުންގެ ކެމްޕޭއިން ކޮސްޓަ ރީކާއާއި ދެކޮޅަށް ނިކުންނާނެއެވެ.

ޓެގްސް: ސްޕެއިން އާޖެންޓީނާ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.