ނޭމާގެ ބްރޭންޑްތައް ޤަތަރުން ވަނީ 58 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްފައި

ކުޅިވަރު

ނޭމާގެ ނަން އަދި ފޮޓޯތައް ވޯލްޑް ކަޕްގައި ބޭނުން ކުރުމަށް ޤަތަރުން ބޮޑު ހޭދައެއްކޮށްފި

ރާނިއާ - ޔޫރަޕް | 20 ނޮވެންބަރު 2022 , އާދީއްތަ 12:12   134

ބޮޑު ކްލަބަކަށް ނުވަތަ ބްރެޒިލްގެ ގައުމީ ޓީމަށް ނޭމާ ހުރުމުން ލިބޭ ފައިދާތައް ސާފެއެވެ. ނަމަވެސް ދަނޑުން ބޭރުގާއި މުޅި ދުނިޔޭއަށް ނަން މަޝްހޫރު އަދި މީޑިޔާ ބްރޭންޑެއް ކަމަށްވާ ނޭމާގެ ސަބަބުން ކޯޅުނަތަކާއި ދެބަސްވުންތައް ވަނީ އުފެދިފައެވެ. މިކަންތައް ވަނީ ބާސެލޯނާގެ އިތުރުން ބްރެޒިލް ގެ ގައުމީ ޓީމުން ވެސް ފެނިގެންގޮސްފައެވެ.

އޭރު ބާސާގެ މައި ޕާޓްނަރު ނައިކީ އިން ނޭމާގެ ސޫރައާއި އެކު ތަކެތި ކްލަބުގެ ރަސްމީ ފިހާރަތަކުގައި ވިއްކަން ފެށުމުން ނެމާގެ ކެރިއަރު ފަރުވާތެރިކަމާއެކު ބެލެހެއްޓުމުގެ ސަބަބުން 2015 ވަނަ އަހަރު ބާސާއާއި އެކު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އަދި މިކަމުގެ ތެރެއިން ނޭމާގެ އިސް ކުންފުނިތަކުން ނުތަނަވަސް ކަމުގެ ރާގު އުފުލާއި ނައިކީއަށް ވަނީ ގާނޫނީ އިންޒާރުވެސް ދީފައެވެ. މިގޮތުން ބާސެލޯނާ އިން ވަނީ ފޯވާޑްގެ ސޫރަ ފިހާރަތަކުގައި ބޭނުން ކުރުމަށް އިތުރު އަދަދެއް ދިނުމަށް ސީދާ ކުޅުންތެރިޔާގެ ބައްޕައާއި ވާހަކަ ދައްކަން ހުށަހަޅާފަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމުގާއި މިކަން ހިންގާފައި ވަނީ އެންމެ ފަހަރަކުއެއް ނޫނެވެ. 2014 ވަނަ އަހަރު ނޭމާ ސްޕޮންސަރ ކޮށްފައިވަނީ ބާންކޯ ސަންޓަންޑަރ އިން އަދި ގައުމީ ޓީމު ސްޕޮންސަރ ކޮށްފައިވަނީ އިތައޫ އިންނެވެ. ޓްރެއިންންގެ ތެރެއިން ކުޅުންތެރިޔާ އިތައޫ ބްރޭންޑްގެ ބައިސްކަލައް ދުއްވަން އިންނަވަނިކޮށް އެމަންޒަރު ފިލްމު ކުރެވިގެނދިޔައެވެ. އެ މައްސަލައިގެ ސަބަބުން ސެންޓަންޑާ އާއި އޭނާގެ މުވައްޒަފުންނާއި ދެމެދު އެތެރޭގެ ކޯޅުންތަކެއް އުފެދިގެންދިޔައެވެ.

ކޮންޓްރެކްޓްގެ ދަށުން ސީބީއެފްގެ ސްޕޮންސަރުންނަށް އާންމުކޮށް ގައުމީ ޓީމުގެ ތަސްވީރުތައް ޓީމާއި ގުޅިފައިވާ ޖަމާއަތްތަކުގައި ބޭނުންކުރުމުގެ ހައްގު ލިބިގެންވެއެވެ. މިސާލަކަށް އިޝްތިހާރެއްގައި ޓްރެއިނިންގައި ތިބި ބައެއް އެތުލީޓުންގެ ފޮޓޯއެއް ބޭނުން ކުރުމަކީ އެމީހުންނަށް ހުއްދަ ކަމެކެވެ. ނަމަވެސް ނޭމާގެ ސޫރަ ބޭނުން ކުރަން ކުރާ މަސައްކަތްތަކަކީ އަބަދުވެސް ޝަކުވާއިން ފުރިގެންދާ ކަމެކެވެ.

ހަމައެހެންމެ މިފަދަ އެއްވެސް ކަމެއް ކުރުމަކީ 'ނެގެޓިވް ރިސްޕޮންސް' ލިބިގެންދާ ކަމެއްކަން ޕާޓްނަރުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އަބަދުވެސް ހުށަހަޅާފައިވާ ގޮތަކީ ނޭމާގެ ބައްޕަގެ ކުންފުނިތަކާއި ވާހަކަ ދައްކާއިގެން އެމީހުންގެ މަޝްވަރާގެ މައްޗަށް އަމަލުކުރުން ކަމަށް ވެސް ޕާޓްނަރުން ވަނީ ޝަކުވާ ކޮށްފައެވެ.

ޓެގްސް: ބްރެޒިލް ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.