ފޭސްބުކް އިން އަންނަނީ ނާޒުކު ކަމަށް ބެލެވިދާނެ މައުލޫމާތުތައް ޕްރޮފައިލްތަކުން އުނި ކުރަމުން

ޓެކްނޯލޮޖީ

ފޭސްބުކް، ދީނީ އަދި ސިޔާސީ ހިޔާލުތައް ޕްރޮފައިލްތަކުން އުނިކުރަނީ

ރާނިއާ - ދުނިޔެ | 20 ނޮވެންބަރު 2022 , އާދީއްތަ 23:58   214

ފޭސްބުކް އިން ވަނީޕްރޮފައިލްތަކުން، އެޑްރެސް، ސިޔާސީ އަދި ދީނީ ހިޔާލުތައް ފަދަ 'ނާޒުކު' މައުލޫމާތުތައް އުނިކުރުމަށް ނިންމާފައެވެ. މި ދާއިރާތަކަކީ ގިނަ އަހަރުތަކެއް ވަންދެން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލިބެން ހުރި މައުލޫމަތުތަކެއް ކަމުގައި ވިޔަސް ޑިސެމްބަރު މަހުގެ އާ އަޕްޑޭޓާއި އެކު މި އެއްޗެހި އުނި ކުރެވިގެން ދާނެއެވެ.

ފޭސްބުކްގާއި ގިނަ އަދަދެއްގެ ޑޭޓާ އެއްކުރެވިގެންދާއިރު މީގެ ތެރޭގައި، އާއިލާގެ މީހުންނާއި އޮތް ގުޅުމާއި، ވަޒީފާތަކުގެ ތާރީހާއި ދިރިއުޅުމުގެ ބޮޑެތި މައިލްސްޓޯންތައް ފްލެގް ކުރެވޭ ފުޅާ ޕްރޮފައިލް ފީލްޑްތަކެއް އޭގެ ތެރޭގައި ހިމެނިގްދެއެވެ. ނަމަވެސް އިޝްތިހާރު ކުރާ ފަރާތްތަކުން އިޝްތިހާރުތަށް އަމާޒު ކުރުމުގެ ގޮތުން ޔޫޒަރުންނާ ބެހޭ ނާޒުކު ޑޭޓާ ބޭނުން ކުރެވޭ ގޮތާއި މެދު މީގެ ކުރިން ވެސް ސޯޝަލް މީޑިއާ ސައިޓުން ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

މިހާރު ބައެއް ޔޫޒަރުންނަށް ޕްރޮފައިލްގެ ބައެއް މައުލޫމާތު "އަވަހަށް ދާނެ" ކަމުގެ ނޯޓިސް އަންނަނީ ލިބެމުންނެވެ. މި އަޕްޑޭޓް ފެނިފައިވަނީ ސޯޝަލް މީޑިއާ ކޮންސަލްޓަންޓް މެޓް ނަވާރާ އަށެވެ.

އެކިމީހުންގެ ޕްރޮފައިލްގައި ހުރި ނާޒުކު މައުލޫމާތަކަށް ބަލާއިރު، ނޯޓިސް ތަފާތުވެދާނެ އެވެ. ނަމަވެސް 1 ޑިސެމްބަރު 2022 އިން ފެށިގެން ނާޒުކު މައުލޫމާތު ނައްތާލާނެކަން ހުރިހާ ނޯޓިސްއަކުންވެސް ކަށަވަރުކޮށްދެއެވެ.

ވަކިވަކި މީހުންނަށް އަމާޒުކޮށްގެން ކުރާ އިޝްތިހާރުތަކަށް މީގެ ސަބަބުން އަންނަ ބަދަލުތައް ފެނިގެންދާނެއެވެ. މި މައުލޫމާތު ނައްތާލުމުން ޕްރޮފައިލް ދާއިރާތަކުގައި ސީދާ މި މައުލޫމާތު ފާހަގަ ނުކުރެވޭއިރު، އިޝްތިހާރު ކުރާ ފަރާތްތަކަށް އަދިވެސް އެހެން ޑޭޓާ ޕޮއިންޓްތައް ބޭނުންކޮށްގެން މި ކެޓަގަރީތަކަށް ބަލައިގެން ވަކިވަކި މީހުންނަށް އަމާޒުކުރެވޭނެ އެހެން ގިނަ ގޮތްތަކައް އިޝްތިހާރުކުރެވޭނެއެވެ.

ޓެގްސް: ފޭސްބުކް ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.