އަވަސް މަޢްލޫމާތުތައް

ކުޅިވަރު

ވޯލްޑްކަޕް 2022 : ފާސްޓް ފެކްޓްސް

އަލީ އަޒްޔަން - ދުނިޔެ | 1 ނޮވެންބަރު 2022 , އަންގާރަ 10:22   125

ޤަޠަރު ވެގެންދާނީ ފީފާ ވޯލްޑްކަޕް ބާއްވާ ފުރަތަމަ މެދުއިރުމަތީގެ ޤައުމަށެވެ. އަދި މިއީ މުބާރާތް ބާއްވިގެންދާ އެންމެ ކުޑަ ޤައުމު ވެސް މެއެވެ. މުބާރާތަށް ތައްޔާރުވުމަށްޓަކައި ޤަޠަރުން ވަނީ 200 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުކޮށްފައެވެ.

މިމުބާރާތް ކާމިޔާބުކުރާ ޓީމަކަށް 44 މިލިއަން ޑޮލަރު ފައިސާގެ އިނާމުގެ ގޮތުގައި ދެވޭއިރު، ޖުމްލަ 440 މިލިއަން ޑޮލަރު ވަނަތައް ހޯދާ ޓީމުތަކާއި ކުޅުންތެރިންނަށް ދެވޭނެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އަދި ބަލާލުމަށް 1.5 މިލިއަނަށްވުރެ ގިނަ މީހުން ޤަޠަރަށް ދާނެކަމަށް ބެލެވެއެވެ. އެމީހުން އުފުއްލުމަށްޓަކައި ދުވާލަކު އެވްރެޖްކޮށް 168 ފްލައިޓް ބާއްވާނެއެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނާގޮތުގައި ސްޓޭޑިއަމް 974 ހަދާފައިވަނީ އެކީއެއްކޮށް ޝިޕިންގ ކޮންޓޭނަރު އަދި މޮޑިއުލަރ ސްޓީލް ބޭނުންކޮށްގެން، ފަހުން ރޫޅާ ލެވޭގޮތަށެވެ.
ޓެގްސް: ވޯލްޑްކަޕް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.