ޓްރަމްޕް ވިދާޅުވީ އޭނާ ޓްވިޓާއަށް އެނބުރި އާދެވެނެ އޮތް ނަމަވެސް ބޭނުން ކުރާނީ ދެން އޭނާގެ އާ ޕެލެޓްފޯމް ޓްރުތް ސޯޝަލް ކަމަށް

ދުނިޔެ

ޓްރަމްޕްގެ ޓްވިޓާ އެކައުންޓް މަސްކު އަނބުރާ ހޯދައިދީފި

ރާނިއާ - ދުނިޔެ | 21 ނޮވެންބަރު 2022 , ހޯމަ 00:02   224

މީގެ ކުރިން ބްލޮކް ކޮށްފައިވާ، ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ ޕްރޮފައިލް އަނެއްކާވެސް އެ ޕްލެޓްފޯމްއިން ފެންނަން ފަށައިފިއެވެ. ކުރީގެ ރައީސްގެ މައްޗަށް އަނިޔާވެރި ކަމަށް ބާރަ އަޅާފައިވުމާއެކު އުފުލިގެންދިޔަ 22 މަހުގެ ސަސްޕެންޝަން އުވާލާފައިވަނީ ޓްވިޓާގެ އާ ސީއީއޯ އިލޮން މަސްކް، ޓްރަމްޕްގެ ސަސްޕެންޝަން އުވާލާނެ ކަމަށް ބުނެ ޓްވީޓް ކުރިތާ މިނިންޓުތަކެއް ފަހުންނެވެ.

ހޮނިހިރު ޓްވިޓާގާއި ޕޯލްއެއް ހިންގުމަށް ފަހު 15 މީހުންގެ ހަނި އައުލަބިއްޔަތަކުން މޮޅުވެފައިވާ މި ޕޯލްއަށް ފަހު އިލޮން މަސްކް ވަނީ ޓްރަމްގެ ޕްރޮފައިލްގެ ސަސްޕެންޝަން އުފުލިގެންދާނެ ކަމަށް ބުނެފައެވެ.

"މީހުންގެ ހިޔާލު ސާފު. ޓްރަމްޕް ގެ އެކައުންޓް އަނެއްކާވެސް ފެނިގެންދާނެ"، އެމެރިކާގެ ކުރީގެ ރައީސްގެ އެކައުންޓާއި ބެހޭ ގޮތުން މާސްކް ކުރެއްވި ޓްވީޓެއްގައިވެއެވެ. ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓް މިދިޔަ އަހަރު ސަސްޕެންޑް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކެޕިޓޮލްއަށް ސަޕޯޓަރުންގެ ގިނަ ބަޔަކު ދިން ހަމަލާއަކާއި ގުޅިގެންނެވެ.

51.8 ޕަސެންޓް ވަނީ ޓްރަމްޕްގެ ސަސްޕެންޝަން މެދުކެނޑުމަށް ވޯޓު ދީފައެވެ.

ޓްރަމްޕް ޓްވިޓާ ސަސްޕެންޝަން އުވާލުމާއި ގުޅިގެން މާ ބޮޑު ޝައުގުވެރި ކަމެއް ދައްކާފައެއް ނުވެއެވެ.

"އަޅުގަނޑަކަށް ނުފެނޭ އެކަމުގެ އެއްވެސް ބޭނުމެއް." ރިޕަބްލިކަން ޔަހޫދީ ކޯލިޝަންގެ އަހަރީ ލީޑަޝިޕް ބައްދަލުވުމުގައި ޕެނަލަކުން ޓްވިޓާއަށް އެނބުރި ވަޑައިގަތުމަށް ރާވާފައިވޭތޯ ސުވާލު ކުރުމުން ކުރީގެ ރައީސް ވީޑިއޯ މެދުވެރިކޮށް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ އޭނާ ދެން ބޭނުން ކުރަމުން އަންނާނީ އޭނާގެ އާ އެޕް ޓްރުތް ސޯޝަލް ކަމަށްވެސް ވިދާޅުވެފައެވެ. އެ އެޕް ޑިވެލޮޕްކޮށްފައިވަނީ އޭނާގެ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) ސްޓާޓްއަޕް އިންއެވެ. އަދި މި އެޕް ޓްވިޓާއަށް ވުރެ ޔޫޒަރ އެންގޭޖްމަންޓް ރަނގަޅު ކަމަށާއި "ފީނޯމަނަލީ' ރަނގަޅަށް ކުރިއަށްދާ ކަމަށްވެސް ކުރީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ އީލާން މަސްކް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.