ފީފާ އިން މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ލައިވްސްޓްރީމްކުރާނެ

ކުޅިވަރު

ޕީފާ ވޯލްޑްކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތު : އާދީއްތަ ދުވަހުގެ 19.30ގައި (ލައިވް)

އަލީ އަޒްޔަން - ދުނިޔެ | 20 ނޮވެންބަރު 2022 , އާދީއްތަ 10:59   208

މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ ގަޑިން އާދީއްތަދުވަހުގެ ހަވީރު 5 ޖަހާއިރު އޮންނާނެއެވެ. މިރަސްމިއްޔާތު އޮންނާނީ، ޖުމްލަ 60،000 މީހުންނަށް ވަދެވޭގޮތަށް ހަދާފައިވާ، ޤަތަރުގެ އަލް-ބައިތް ސްޓޭޑިއަމްގައެވެ.

މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 9 ޖަހާއިރުއެވެ. އެމެޗުގައި ބައްދަލުކުރާނީ، މުބާރާތް ބާއްވާ ޤައުމު ޤަޠަރާއި، ލެޓިން އެމެރިކާގެ ޤައުމެއް ކަމަށްވާ އެކުއެޑޯރާއިއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ޕާފޯމްކުރާނެއެވެ. އޭގެތެރޭގައި ސައުތު ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑްގެ ލަވަކިޔުންތެރިޔާ ޖަންގްކޫކު ވެސް ބައިވެރިވާނެއެވެ. އިތުރު ބައިވެރިންގެ ތެރޭގައި، ބްލެކް އައިޑް ޕީސް، ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޖޭ ބަލްވިން، ނައިޖީރިއާގެ ލަވަ ކިޔުންތެރިޔާ އޮކޯރީ، އެމެރިކާގެ ރެޕް ލަވަކިޔުުންތެރިޔާ ލިލް ބޭބީ ވެސް ހިމެނެއެވެ.

ލިލް ބޭބީ ވަނީ ސެޕްޓެމްބަރުގައި ވޯލްޑްކަޕް 2022 ގެ އޮފިޝަލް ލަވަ ވެސް ނެރެފައެވެ. މިލަވައިގައި ކޮރެއާގެ ޖަންގްކޫކު ވެސް ބައިވެރިވެފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ ލައިވްސްޓްރީމް

ހަމަ އެހެންމެ އިންޑިއާގެ ފިލްމީ ބަޠަލާ އަދި ނެށުންތެރިޔާ ނޯރާ ފަޓެހި ވެސް ފީފާގެ ލަވަ "ލައިޓް ދަ ވޯލްޑް" ގައި ހަރަކާތްތެރިވާނެއެވެ.

މިލިޔުމާއި ގުޅޭ

އަލް ބައިތް ސްޓޭޑިއަމް

ފީފާ ވޯލްޑްކަޕް : ޤަޠަރު 2022

ވޯލްޑްކަޕް 2022 : ފާސްޓް ފެކްޓްސް

ވޯލްޑްކަޕް 2022 : އެންމެ ތަޖުރިބާކާރު، އަދި ތަފާތު ކުޅުންތެރިން

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.