ރިޝީ ސުނާކް ބޮޑުވަޒީރުކަމުގެ މަގާމު ލިބުމަށްފަހު ފުރަތަމަ ފަހަރަށް ކީވްގައި ރައީސް ޒެލެންސްކީއާ ބައްދަލުކުރައްވައިފި

ދުނިޔެ

ޔޫކްރޭއިން ހަނގުރާމަ: ސުނާކްގe ދަތުރުފުޅުގާއި 50 މިލއަން ޕައުންޑްގެ އެހީއެއް ޔޫކްރޭއިންއަށް ދިނުމަށް ވައުދުވެވަޑައިގެންފި

ރާނިއާ - ޔޫރަޕް | 23 ނޮވެންބަރު 2022 , ބުދަ 10:29   195

ރިޝީ ސުނާކް ވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ކީވްއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ބައްދަލުކުރައްވައި، ޑިފެންސް އެހީގެ ގޮތުގައި 50 މިލިއަން ޕައުންޑް ޔޫކްރޭނަށް ދޭނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ސުނާކް ވިދާޅުވީ ކީވްގައި ހުރުމަކީ "ބޮޑު ޝަރަފެއް" ކަމަށާއި އިނގިރޭސިވިލާތު ގެ ސަޕޯޓު އަބަދުވެސް ޔޫކްރޭންގެ ފަހަތުގައި ދެމިއޮންނާނެ ކަމަށެވެ.

"ހަނގުރާމާއިގެ އެންމެ ފުރަތަމަ ދުވަސްތަކުއްސުރެ އިނގިރޭސިވިލާތަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު 'އެލައި' އެއް" ޒެލެންސްކީ ވަނީ މި ބައްދަލުވުމަށްފަހު ބުނެފައެވެ.

އިންގިރޭސިވިލާތުން ޔޫކްރޭއިންއަށް ދީފައިވާ އެހީގެ ޕެކޭޖަކީ ރަޝިޔާއިން ޔޫކްރޭއިން އަށް ދެމުން އަންނަ ވައިގެ ހަމަލާތަކާއި ދެކޮޅަށް ދީފާއިވާ އެހީއެކެވެ.

އީރާނުން ރަޝިޔާއަށް ފޯރުކޮށްދީފައިވާ މަރުވާ ޑްރޯންތަކާ ދެކޮޅަށް 125 އެންޓި އެއާކްރާފްޓް ބަޑިއާއި ޓެކްނޮލޮޖީ، އަދި ދިހަވަރަކަށް ރާޑަރާ،އި ހަނގުރާމައިގެ ގާބިލްކަން ހިމެނޭ އެންޓި ޑްރޯން އިލެކްޓްރޯނިކްތައް 50 މިލިއަން ޕައުންޑްގެ ޑިފެންސް އެހީގައި ހިމެނެއެވެ.

އަދި ޔޫކްރޭންގެ ހަތިޔާރު އެޅި ސިފައިންނަށް ދޭ ތަމްރީނުތައް އިނގިރޭސިވިލާތުން އިތުރުކޮށް، ސިފައިންގެ ތަޖުރިބާކާރު މެޑިކްސް އާއި އިންޖިނިއަރުން އެ ސަރަހައްދަށް ފޮނުވާއި ހާއްސަ ސަޕޯޓް ދޭނެކަމަށް ވެސް ސުނާކް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރަޝިޔާއަށް އިރާން ދީފައިވާ ޑްރޯންތަކުގެ ތެރެއިން ހިފައިފާއިވާ ޑްރޯންތައްވެސް ފެނިގެން ދިޔައެވެ. ފާއިތުވި މަސްތަކުގައި އީރާނުން އުފައްދާފައިވާ މިޑްރޯންތައް ބޭނުންކޮށްގެން ޔޫކްރޭންގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ވަނީ ބޮން އަޅާފައެވެ.

ޓެގްސް: ޔޫކްރެއިން އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.