ކަރިމް ބެންޒެމާއަށް ފައިގެ ފަލަމަސްގަނޑަށް ވަނީ ރޭގެ ފަރިތަކުރުމުގެ ތެރެއިން އަނިޔާއެއް ލިބިފައި

ކުޅިވަރު

ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި އެކު ފްރާންސްގެ ފޯވާޑު ބެންޒެމާ ވޯލްޑްކަޕް 2022 އިން ފެނިގެން ނުދާނެ

ރާނިއާ - ޔޫރަޕް | 20 ނޮވެންބަރު 2022 , އާދީއްތަ 13:00   111

ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ރޭގެ ފަރިތަކުރުންތަކުގާއި ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން 2022 ވަނަ އަހަރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް އިން ފެނިގެނުދާނެ ކަމަސް ފްރާންސް ގެ ގައުމީ ޓީމުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް 2022 ބެންޒެމާ ހޯދާފައިވަނީ ރިއަލް މެޑްރިޑަށް ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށްދިނުމަށް ފަހުގައެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އެމްއާރުއައި ސްކޭން ހެދުމުން ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި މި އަނިޔާއަށް "ތިން ހަފްތާގެ ރިކަވަރީ ޕީރިއަޑެއް ބޭނުންވާނެ" ކަމަށެވެ.

ފްރާންސް ގްރޫޕް ޑީގާއި ހިމެނޭއިރު، 22 ނުވެމްބަރުގާއި އޮސްޓްރޭލިއާ، 26 ނޮވެމްބަރުގާއި ޑެންމާކް އަދި 30 ނޮވެމްބަރުގައި ޓިއުނީޝިއާއާ ދެކޮޅަށް ނުކުންނާނެއެވެ.

ހެޑް ކޯޗު ޑިޑިއާ ޑޭޝަމް އަށް ބަދަލު ކުޅުންތެރިއަކު ނަންގަވަން ހޯމަ ދުވަހުގެ ނިޔަލަށް އޮތްއިރު، ފްރާންސްއަށް ކުޅުނު 97 މެޗުގައި 37 ލަނޑު ޖަހާފައިވާ އުމުރުން 34 އަހަރުގެ ބެންޒެމާއަށް އަނިޔާވުމަކީ ވޯލްޑް ކަޕް ހޯލްޑަރުންނަށް ލިބުނު އިތުރު ގެއްލުމެކެވެ.

ބެންޒެމާގެ އިތުރުން ފްރާންސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރުން އެންގޮލޯ ކާންޓޭ އަދި ޕޯލް ޕޮގްބާވެސް މިފަހަރު ފްރާންސްގެ ސްކޮޑުން ފެނިގެން ނުދާނެއެވެ. ފްރާންސްގެ ސްޓާ ކުޅުންތެރިންނާއި ނުލާއި މިފަހަރު އެމީހުން ވޯލްޑް ކަޕް ދަނޑަށް ނިކުންނަން ޖެހުނު ކަމުގައި ވިޔަސް، ޑޭޝަމްވަނީ އޭނާގެ "ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް" ކަމަށެވެ.

ޓެގްސް: ފުޓުބޯޅަ ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.