ޤަޠަރު އަދި އެކުއެޑޯރު

ކުޅިވަރު

ވޯލްޑްކަޕް 2022 : ޤަޠަރު އަދި އެކުއެޑޯރު ބައްދަލުކުރި މެޗު

އަލީ އަޒްޔަން - ދުނިޔެ | 20 ނޮވެންބަރު 2022 , އާދީއްތަ 23:47   130

ޤަޠަރު 0 | 2 އެކުއެޑޯރ ބައްދަލުކުރި މެޗް : މިމެޗު ކުޅެފައިވަނީ ރާއްޖެ ގަޑިން އާދީއްތަ ދުވަހުގެ ރޭ 21.00 ގައެވެ.

ގްރޫޕް A، މިގްރޫޕްގައި ހިމެނޭ އެހެން ޓީމުތައް : ޤަޠަރު، އެކުއެޑޯރ، ސެނެގާލް، ނެދަރލޭންޑްސް

މިއީ މިމުބާރާތުގެ ޤަތަރުން ކޮލިފައިވި ފުރަތަމަ ފަހަރެވެ. ޤަތަރާއި އެކުއެޑޯ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ ޤަޠަރުގައެވެ. ގޯލަށް ބަލާއިރު މިމެޗުތަކުން ދެޓީމަށް ވެސް 6 ގޯލު ކާމިޔާބުކުރެވިފައެވެ. އެންމެ ފަހުން މިދެޓީމު ބައްދަލުކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރަޙްމަތްތެރިކަމުގެ އެމެޗު ކާމިޔާބުކުރީ ޤަޠަރުންނެވެ.

އަދި ޤަޠަރުން، އެންމެ ފަހުން ކުޅުނު 3 މެޗު ވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެމެޗުތައް ކުޅެފައިވަނީ އަލް-ބައިތް ދަނޑުގައެވެ.

މެޗް ޕާފޮމެންސް

  • ޝޫޓުކުރި ޢަދަދު :: ޤަތަރު 5 | 6 އެކުއެޑޯރު
  • ގޯލަށް އަމާޒު ކުރި :: ޤަތަރު 0 | 3 އެކުއެޑޯރު
  • ޕޮސެޝަން :: ޤަތަރު %47 | %53 އެކުއެޑޯރު
  • ފައުލް :: ޤަތަރު 15 | 15 އެކުއެޑޯރު
  • ޔެލޯ ކާޑު :: ޤަތަރު 4 | 2 އެކުއެޑޯރު
  • ރެޑް ކާޑު :: ޤަތަރު 0 | 0 އެކުއެޑޯރު

މެޗު ކުޅުނު ތަން : އަލްބައިތު ސްޓޭޑިއަމް، އަލް ޚޯރު

އަހަރެން ނުބުނަން އަހަރެމެން ވޯލްޑްކަޕް ގެންދާނެއޭ. އެކަމަކު އަހަރެމެން އެންމެ މަތީ ފެންވަރުގައި ރަނގަލު ޕަރފޯމެންސެއް ދައްކާނަން.

~ ޤަތަރުގެ ކޯޗު ސަންޗެޒް، މެޗުގެ ކުރިން

ކީ ސްޓެޓްސް :

  • މީގެ ކުރީގެ މުބާރާތްތަކުގައި، 21 ވޯލްޑްކަޕުގެ ތެރެއިން 13 ވޯލްޑްކަޕެއްގައި، މުބާރާތް ބޭއްވި ޤައުމުން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
  • ޤަތަރުން ވަނީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބުކޮށްފައި
  • މިއީ އެކުއެޑޯރުން ވޯލްޑްކަޕްގައި ވާދަކުރި ހަތަރުވަނަ ފަހަރު، 2006 ވަނަ އަހަރު ދެވަނަ ބުރަށް ދަތުރުކުރި

ހައިލައިޓްސް

ޓެގްސް: ފުޓުބޯޅަ ވޯލްޑްކަޕް އެކުއެޑޯރ ޤަތަރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.